"ކައްޗާ ބާދާމް" ލަވައިގެ މޭސްތިރިޔާ މުއްސަނދިވެ ބަދަން ވިއްކުން ހުއްޓާލައިފި

"ކައްޗާ ބާދާމް" ލަވައިގެ މޭސްތިރިޔާ މުއްސަނދިވެ ބަދަން ވިއްކުން ހުއްޓާލައިފި

ސޯޝަލް މީޑީއާގައި މިހާރު ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދަމުން އަންނަ ލަވައެއް ކަމުގައިވާ "ކައްޗާ ބާދާމް"ގެ އަަސްލު ލަވަ ކީ މީހާ މަޝްހޫރުވެ ބޮޑު މުއްސަންޖަކަށް ވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މިލަވަ ހޯދާ މަގުބޫލުކަމާއި އެއްވަރުގެ މަޝްހޫރުކަމެއް ލަވަ ކީ  ބޫބާން ބަދުޔަކަރް އަންނަނީ ހޯދަމުންނެވެ.

އިންޑިއާގެ ދެކުނު ބެންގާލްގެ މަގުމަތީގައި ބަދަން ވިއްކަން އުޅުނު ބޫބާން މި ލަވަ ކިޔައިފައިވަނީ ބަދަން ވިއްކަން އުޅުނު އިރު އެނާގެ ވިޔަފާރިއަށް މީހުންގެ ސަމާލުކަން ހޯދުމުގެ ގޮތުންނެވެ.

ބޫބާންގެ މި ލަވަ ފެނުމާއި އެކު މިއުޒީޝަން ނަޒުމޫ ރިޗަތު ވަނީ މި ލަވައިގެ ރިމިކްސެއް ހަދާ އާއްމުކޮށްފައެވެ. އެތައް ބައެއްގެ ސަމާލުކަމަށް މި ލަވަ ގެނައި މި ރިމިކްސްގެ ވީޑިއޯގައި ބޫބާންވެސް ފެނެއެވެ. މި ލަވަ ވަނީ 68 މިލިއަން މީހުން ބަލާ 2.4 މިލިއަން ލައިކްސް ލިބިފައެވެ.

ސޯޝަލް މީޑިއާގައި ހާއްސަކޮށް ޓިކްޓޮކް ގައި މިލަވަ ހޯދާ މަގުބޫލުކަން ބޮޑެވެ.  މަޝްހޫރު ފަންނާނުންވެސް މި ލަވައަށް އެކްޓްކޮށް މީސް މީޑިޔާގައި ހިއްސާކުރަން ފެށުމުން ބޫބާންއަށް ލިބޭ ސަމާލުކަން އަންނަނީ އިތުރުވަމުންނެވެ.

މި ރިމިކްސްއަށް އެތައް ހިޓްސްއެއް ލިބުނު ނަމަވެސް އޭގެ އެއްވެސް ކްރިޑިޓެއް ބޫބާންއަށް ދީފައި ނެތުމުން އެތައް ބަޔަކު އައީ ފާޑުކިޔަމުންނެވެ.

އެހެންކަމުން "ގޮދުލިބެލާ މިޔުޒިކް" ގެ ފަރާތުން ބޫބާންއަށް ވަނީ 3 ލައްކަ ރުފިޔާ ހަދީކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހު ކޮލްކަތާގައި ބޭއްވުނު "ކައްޗާ ބާދާމް ނައިޓް" ގައި ބޫބާން ވަނީ އޭނާގެ ލަވަ ކިޔާފައެވެ. ވިދާ ހެދުމެއްގައި ހުރެ ބޫބާން ކީ ލަވައަށް އެތަނުގައި ތިބި އެންމެން ވެސް ވަރަށް ފޯރިނެގިއެވެ.

އޭނާ މިހާރު އަންނަނީ ޝޯތަކުގައި ބައިވެރި ވަމުންނެވެ. ބޫބަން ބުނި ގޮތުގައި އޭނާ ދެން ބަދަނެއް ނުވިއްކާނެއެވެ. އޭނާ އަކީ މިހާރު ސްޓާރެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *