ކަރީނާވެސް ޓިވީ އިންޑަސްޓްރީއަށް!

ކަރީނާވެސް ޓިވީ އިންޑަސްޓްރީއަށް!

Author
ފާތިމަތު ނާވީ
24 ފެބްރުއަރީ 2022 08:14
0

ކަލާޒް ޓިވީއިން ދަންކަން ފަށާ ޑްރާމާ "ސްޕައި ބަހޫ" ނެރޭޓް ކޮށްދެނީ ކަރީނާ ކަޕޫރު ޚާނެވެ. މިއީ މިފަދަ ޝޯއެއް ކަރީނާ ނެރޭޓް ކޮށްދޭ ފުރަތަމަ ފަހަރެވެ.

އެހެން ކަމުން ބޮލީވުޑާ އެކުއެކީގައި އޭނާ ޓީވީ އިންޑާސްޓްރީއަށް ނުކުންނަށް އުޅޭކަމަށް ގިނަ މީހުން ގަބޫލު ކުރެއެވެ.

ކަރީނާ ވަނީ މީގެ ކުރިން "ވަޓް ވުމެން ވޯންޓް" ކިޔާ ރޭޑިއޯ ޝޯއެއް ހުށައަޅައިދީފައެވެ. ދެކުދިންގެ މަންމަގެ މި ޝޯއަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެއެވެ.

ފިލްމީ ދާއިރާގެ ގިނަ ތަރިން އަންނަނީ ފިލްމު ކުޅުމުގެ އިތުރުން އާ ކަންކަން ތަޖުރިބާ ކުރަމުންނެވެ. އެގޮތުން ޝޯ ހޯސްޓް ކުރުމާއި ވެބް ސީރީޒް ފަދަ އެއްޗެހީގައި ބައިވެރިވާ ފިލްމީ ތަރިން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ.

މިހާރު ދައްކަން ފަށާފައިވާ ޕްރޮމޯ ތަކުގައި "ސްޕައި ބަހޫ"ގެ ކެރެކްޓާތަށް ތައާރަފް ކޮށްދީ ކަރީނާ ޝޯ ނެރޭޓް ކުރާ ޕްރޮމޯތައް އަންނަނީ ދައްކަމުންނެވެ. ނަމަވެސް މި ޑްރާމާ ދައްކަން ފަށާނެ ތާރީހެއް އަދި ހާމައެއް ނުކުރެއެވެ.

 

View this post on Instagram

 

A post shared by ColorsTV (@colorstv)

ކަރީނާގެ ކުރިއަށް އޮތް ފިލްމަކީ އާމިރު ޚާނާއެކު ފެނިގެންދާ އުންމީދީ ފިލްމު " ލާލް ސިންގް ޗައްޑާ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.