ޑައިލިސިސްގެ ޚިދުމަތް ހުރިހާ ހޮސްޕިޓަލެއްގައި މިއަހަރު ފަށަނީ

ޑައިލިސިސްގެ ޚިދުމަތް ހުރިހާ ހޮސްޕިޓަލެއްގައި މިއަހަރު ފަށަނީ

ގުޅުންހުރި

ޑައިލިސިސްގެ ޚިދުމަތް ނެފެށިވާ ހުރިހާ ހޮސްޕިޓަލެއްގައި މިއަހަރުގެ ތެރޭގައި އެ ޚިދުމަތް ފެށޭނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަޝީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ތިން ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށޭނެކަމަށެވެ. އޭގެ ތެރޭގައި ޅ.ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލާއި، ބ.އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ އިތުރުން ށ.ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައިކަމަށެވެ. މީގެ އިތުރުންވެސް ރާއްޖޭގައި ޑައިލިސިސް ނުފެށިހުރި ހުރިހާ ހޮސްޕިޓަލެއްގައި މިއަހަރުގެ ތެރޭގައި އެ ޚިދުމަތް ފެށޭނެކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ތިން ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށޭނެ. އޭގެ ތެރޭގައި ޅ.އަތޮޅު ނައިފަރު، ބ.އޭދަފުށި އަތޮޅު ހޮސްޕިޓަލް އަދި ށ. އަތޮޅު ހޮސްޕިޓަލް ހިމެނޭ. ބާކީހުރި ހޮސްޕިޓަލްތަކުގައި މިއަހަރުތެރޭގައި ޑައިލިސްގެ ޚިދުމަތް ފެށޭނެ."

ރާއްޖޭގައި ކިޑްނީގެ ބަލީގެ މީހުން ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިގޮތުން މާލެ ސަރަހައްދުގައި އެކަނިވެސް ޑައިލިސިސް ހަދާ 150އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.

ކިޑްނީގެ ބަލިތަކަށް ދޭ ފަރުވާގެ ނިޒާމް ރާއްޖޭގައި އަންނަނީ ފުޅާކުރަމުންނެވެ. މިގޮތުން ކިޑުނީ ބަލިތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗުގައި ވަނީ ނޭޝަނަލް ޔޫރޯ އެންޑް ރީނަލް ފާޓިލިޓީ ސެންޓަރެއް ޤާއިމްކޮށް ޚިދުމަތްދޭން ފަށާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ