ވިކްރާންތު މަސޭ ކައިވެނި ކޮށްފި

ވިކްރާންތު މަސޭ ކައިވެނި ކޮށްފި

Author
ފާތިމަތު ނާވީ
21 ފެބްރުއަރީ 2022 04:19
0

ބޮލީވުޑްގައި ފައިތިލަ ސާބިތު ކުރަމުން އަންނަ އެކްޓަރ ވިކްރާންތު މަސޭ، ލޯބިވެރިޔާ ޝީތަލް ޓާކުރާ ކައިވެނި ކޮށްފިއެވެ.

މި ދެމީހުން ކައިވެނި ކޮށްފައިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 7 އަހަރު ފަހުންނެވެ. ހިންދޫ ދީނުގެ ސަގާފަރާއި އެއްގޮތަށް ކުރެވުނު މި ކައިވެނީގެ ސަންގީތު ސެރަމޮނީއާއި ހަލްދީ ސެރަމޮނީ ފަދަ ކަންކަން ވަނީ މިދިއަ ހަފްތާގައި ބާއްވާފައެވެ.

އާއިލާއާއި ގާތް ރަހުމަތްތެރިންގެ ހާޒިރުގައި ކުރެވިގެން ދިއަ މިކައިވެނި އޮތީ 18 ވަނަ ދުވަހުއެވެ. ވިކްރާންތު ވަނީ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައެވެ.

 

View this post on Instagram

 

A post shared by Vikrant Massey (@vikrantmassey)

ވިކްރާންތު ވަނީ ވެބް ސީރީޒް ތަކުންނާއި ޑްރާމާ ސިލްސިލާ ތަކުން ބެލުންތެރިންގެ މަގުބޫލު ކަން ހޯދާފައެވެ. އަދި އޭނާ ވަނީ ބައެއް ރިއަލިޓީ ޝޯ ތަކުންވެސް ފެނިގެން ގޮސްފައެވެ.

އަދި ހަމަ އެހެންމެ އޭނާ އަންނަނީ އެކްޓިންގެ ހުނަރު ދައްކާ ބޮލީވުޑް އިންޑަސްޓްރީ ފަތަހަ ކުރަމުންނެވެ. އެގޮތުން "ހަސީން ދިލްރުބާ" ގައި ދެއްކި އެކްޓިންއަށް ގިނަބައެއްގެ ތައުރީފް ވަނީ ހޯދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.