އޮޅުވާލައިގެން ފަތުރުވެރިން އަތުން ފައިސާތަކެއް އަތުލައިގެންފި

އޮޅުވާލައިގެން ފަތުރުވެރިން އަތުން ފައިސާތަކެއް އަތުލައިގެންފި

Author
މުޙައްމަދު ޝަޒައިމް
20 ފެބްރުއަރީ 2022 04:03
0

ފަތުރުވެރިންތަކެއްގެ އަތުން އޮޅުވާލައިގެން އަތުލި ފައިސާތަކެއް ފުލުހުން ހޯދައި، ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ފެބްރުއަރީ 6 ވަނަ ދުވަހު ރާއްޖެއައި ފަތުރުވެރިން ތަކެއް ސަފާރީއަަކަށް ގެންގޮސްދޭނެ ކަމަށް ބުނެ އެ މީހުންގެ އަތުން ފައިސާތަކެއް އަތުލާފައިވާކަމުގެ މައްސަލައެއް ފެބްރުއަރީ 12 ވަނަ ދުވަހު އދ. ދަނގެތީ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވެއެވެ.

އެ މައްސަލައާ ގުޅިގެން އެ ފައިސާތައް ހޯދުމަށް ދަނގެތީ ޕޮލިސް ސްޓޭޝަނާއި ކ. ގުޅީ ޕޮލިސް ޑެސްކު ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، ފައިސާތައް ހޯދާފައިވަނީ މި މަހު 19 ވަނަ ދުވަހުއެވެ. އެ ފައިސާތައް ހޯދާފައިވަނީ ފަތުރުވެރިން ސަފާރީއަކަށް ގެންގޮސްދޭނެ ކަމަށް ބުނި މީހާގެ އެކައުންޓަށް ޓްރާންސްފަރކޮށްފައިވަނިކޮށެވެ. އެގޮތުން، 1050 ޔޫއެސް ޑޮލަރު ހޯދައި އޭގެ ވެރިފަރާތާވަނީ ހަވާލުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި މައްސަލަ ދަނގެތީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.