މަރަދޫފޭދޫ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

މަރަދޫފޭދޫ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

Author
ޢަލީ އާދަމް
19 ފެބްރުއަރީ 2022 02:25
0

އައްޑޫ ސިޓީ މަރަދޫފޭދޫ ފަޅުގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ މަރަދޫފޭދޫ ގެއެއްގައި މީހަކު މަރުވެފައި އޮތް މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަދި އެމީހާގެ ހަށިގަނޑު އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރުން ބެލި ބެލުމުން ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށް ފުލުހުން ވިދާޅުވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވާ އެރަށު މީހަކާ އިނދެގެން ފުވައްމުލައް ސިޓީގެ ފިރިހެނެއް ކަމަށެވެ. އެއީ ގާތްގަނޑަކަށް 40 އަހަރުގެ މީހެއް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ފުލުހުން ގެންދަނީ މި މައްސަލާގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.