ނޭހާވެސް "ރޯޑީސް"އިން ދެން ނުފެންނާނެ!

ނޭހާވެސް "ރޯޑީސް"އިން ދެން ނުފެންނާނެ!

Author
ފާތިމަތު ނާވީ
18 ފެބްރުއަރީ 2022 07:07
0

އެމްޓީވީގެ ރިއަލިޓީ ޝޯ "ރޯޑީސް"ގެ އެއް ހޯސްޓް ކަމުގައިވާ ނޭހާ ދޫޕިއާ އެ ޝޯ ދޫކޮށްލައިފިއެވެ.

މި މަހުގެ ކުރީކޮޅު ޝޯގެ އެންމެ މުހިންމު އެއް ހޯސްޓް ކަމުގައިވާ ރަންވިޖޭ ވެސް ވަނީ ޝޯ އިން ނުފެންނާނެ ކަން އިއުލާން ކޮށްފައެވެ. ރަންވިޖޭ މި ޝޯ އިން ވަކިވީ ޝޯ ހުށައަޅައިދޭތާ 18 އަހަރު ފަހުންނެވެ.

އޭނާ ޝޯ ދޫކޮށްލީ ޕްރޮޑަކްޝަން ހައުސްއާ މެދު އޮތް ހިތްހަމަނުޖެހުމެއްގެ ސަބަބުންނެވެ. މި ޝޯގެ ކުރިއަށް އޮތް ސީޒަން ނަގާފައި ވަނީ އާ ޕްރޮޑަކްޝަން ހައުސްއަކުންނެވެ. އެ މީހުންގެ މަސައްކަތާ މެދު ރަންވިޖޭ ހިތްހަމަނުޖެހޭތީ ޝޯ ދޫކޮށްލަން ނިންމީ ކަމަށް އޭނާ ބުނެފައިވެއެވެ.

 

View this post on Instagram

 

A post shared by Neha Dhupia (@nehadhupia)

ވެބް ޕޯޓަލްއަށް ދިން އިންޓަވިއުއެއްގައި ނޭހާ ބުނެފައިވަނީ އޭނާ ޝޯވ ދޫކޮށްލަން ނިންމީ ރަންވިޖޭ އިތުރަށް ޝޯގައި ބައިވެރި ނުވާތީ ކަމަށެވެ. އަދި ރަންވިޖޭއަކީ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށާއި އެގުޅުން އަބަދުވެސް އެގޮތުގައި ދެމި އޮންނާނެ ކަަމަށް ނޭހާ ބުނެފައިއެވެ. އަދި ރަންވިޖޭއަށް ނޭހާ ވަނި ވަރަށް ތައުރީފް ވެސް ކޮށްފައެވެ.

މި ޝޯގައި ރަންވިޖޭ ނެތް ތަން ފޫބެއްދުމަށް އަންނަނީ މަޝްހޫރު އެކްޓަރ ސޯނޫ ސޫދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.