ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ އަދަދު 290 އަށް

ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ އަދަދު 290 އަށް

ރާއްޖެއިން ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 290 އަށް އަރައިފިއެވެ.

ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވި މީހާއާއައިއެކު ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނި 290 އަށް އަރާފައެވެ. މިމީހާ ނިޔާވެފައިވަނީ ރޭ ފަތިހުގައިކަމަށް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އުމުރުން 75 އަހަރުގެ މިމީއާއަކީ އެއަތޮޅު މަޑަވެއްޔަށް ނިސްބަތްވާ މީހެކެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ކޯވިޑް ބަލީގައި ރާއްޖެއިން 26 މީހުން މިވަނީ ނިޔާވެފައެވެ. އެއީ ޖެނުއަރީ މަހު ނިޔާވި 13 މީހުންނާއި، އަދި މިމަހުގެ މިހާތަނަށް ނިޔާވި 13 މީހުންނެވެ.

ރާއްޖޭގައި ކޯވިޑް ބަލި ޖެހިިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 26 މީހުންނަށް އަންނަނީ ފަރުވާ ދެމުުންނެވެ. މިވަގުތު ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު 15،700 އިން މައްޗަށް އަރައެވެ. އަދި މިހާތަނަށް ރާއްޖެއިން މިބައްޔަށް 162،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *