ޕްރިންސް ޗާލްސްގެ އަނބި ކަބަލުން ކެމިލާ ކޯވިޑް 19އަށް ޕޮޒިޓިވް ވެއްޖެ

ޕްރިންސް ޗާލްސްގެ އަނބި ކަބަލުން ކެމިލާ ކޯވިޑް 19އަށް ޕޮޒިޓިވް ވެއްޖެ

Author
ހުސެއިން
14 ފެބްރުއަރީ 2022 08:02
0

އިނގިރޭސިވިލާތުގެ ވަލީ އަހުދު، ޕްރިންސް ޗާލްސްގެ އަނބި ކަބަލުން، ޑަޗެސް އޮފް ކޯރވޮލް، ކެމިލާ ކޯވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ވަލީ އަހުދު، ޕްރިންސް ޗާލްސްގެ އަނބި ކަބަލުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަން، ކްލެރެންސް ހައުސްއިން އިއުލާން ކޮށްފައި މިވަނީ، ވަލީ އަހުދު ޕްރިންސް ޗާލްސް ދެވަނަފަހަރަށް ކޯވިޑަށް ޕޮޒިޓިވް ވިކަން އިއުލާން ކުރިތާ 4 ދުވަސް ފަހުންނެވެ.

"ހަރ ރޯޔަލް ހައިނެސް ދަ ޑަޗެސް އޮފް ޗޯރންވަލް ވަނީ ކޯވިޑަށް ޕޮޒިޓިވްވެ، އަމިއްލައަށް އެކަހެރިވެ ވަޑައިގެންފަ. ސަރުކާރުގެ ހުރިހާ ގައިޑްލައިނަކށް ފުރިހަމަޔަށް މިދަނީ އަމަލު ކުރަމުން،" ކްލެރެންސް ހައުސްއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

ޝާހީ އާއިލާގެ ފަރާތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ކެމިލާ ވަނީ 3ވަނަ ވެކްސިްނވެސް ޖައްސަވާފައެވެ.

ދެވަނަ ފަހަރަށް ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ޕްރިންސް ޗާލްސް ކަރަންޓީން ފައްޓަވާފައިވަނި މިމަހުގެ 10ވަނަ ދުވަހުއެވެ. މިހާރު އުމުރުފުޅުން 90 އަހަރަށްވުރެ މަތި ވެފައިވާ، އިނގރޭސި ރާނީއަށްފަހު ތަޚުތަށް ވެޑުވުމަށް ތައްޔާރަށް ހުންނެވި، އުމުރުން 73 އަހަރުގެ ޗާރލްސް ވަނީ 2020ވަނަ އަހަރުގެ މާރޗްމަހުވެސް ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އެހެންނަމަވެސް އެފަހަރު ފެނިފައިވާ ވަނީ ކޯވިޑްގެ ވަރަށް އާދައިގެ އަލާމާތްތަކެކެވެ. އަދި އެފަހަރު އޭނަ ވަނީ 7 ދުވަސް ވަންދެން ކަރަންޓީނުގައި ހުންނަވާފައެވެ.

ޕްރިންސް ޗާލްސްވެސް ވަނީ ވެކްސިން ފުރިހަމަ ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.