ކޯވިޑްގައި އިތުރު މީހަކު ނިޔާވެއްޖެ

ކޯވިޑްގައި އިތުރު މީހަކު ނިޔާވެއްޖެ

ރާއްޖެއިން ކޯވިޑްގައި އިތުރު މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިންބުނީ ކޯވީޑްގައި ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ޢުމުރުން 72 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 288 ވަނަ މީހާއެވެ. އަދި މިމަހުގެ މިހާތަނަށް ނިޔާވި 11 ވަނަ މީހާއެވެ.

ރާއްޖޭގައި ކޯވިޑް ބަލި ޖެހިިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން މިވަގުތު 49 މީހަކަށް އަންނަނީ ފަރުވާ ދެމުުންނެވެ. މިވަގުތު ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު 16000އިން މައްޗަށް އަރައެވެ. އަދި މިހާތަނަށް ރާއްޖޭއިން މިބައްޔަށް 156000އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *