ކ.ގުޅީފަޅު ތެރޭގައި އަޅާފައި އޮތް ލޯންޗެއް ވަގަށް ނަގައިފިއެވެ. ވަގަށް ނަގާފައިވަނީ ވޯޓަރ ސްޕޯޓްސްގެ ލޯންޗެކެވެ.
ލޯންޗުގެ ވެރިފަރާތުން ބުނިގޮތުގައި ވަގަށް ނަގާފައިވަނީ 4 މީހުންގެ ޖާގައިގެ 14 ފޫޓް ލޯންޗެކެވެ. ލޮންޗު ވަގަށް ނަގާއިވަނީ ރަޖިސްޓްރީކޮށް ނުނިމޭތީ އަދި ބޭނުންވެސް ކުރަން ނުފަށަނީހެވެ.
ވެރިފަރާތުން ބުނިގޮތުގައި ލޯންޗުގައި އިންޖީނު އަޅާފައި ބޭލިތާ އަދި މަހެއްހާ ދުވަސްވެސް ނުވެއެވެ.
މި ލޯންޗަކީ ގާތްގަނޑަކަށް ތިންލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޯށްފައިވާ ލޯންޗެކެވެ. ކަޅުކުލައާއި، ރަތް ކުލަ އަދި ހުދު ކުލައިގެ އެލޯންޗު ވަގަށް ނަގާފައިވާތީ މިހާރު ވަނީ ފުލުހުންނަށްވެސް ރިޕޯޓްކޮށްފައެވެ.
މި ލޯންޗާއި ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ 7997487 ނަންބަރަށް ގުޅުމަށް ވެރިފަރާތުން ވަޫ އެދިފައެވެ.
ކޮމެންޓު ފޮނުވާ