"ސަލާމް ވެންކީ"ގެ ޝޫޓިން ކާޖޮލް ފަށައިފި

"ސަލާމް ވެންކީ"ގެ ޝޫޓިން ކާޖޮލް ފަށައިފި

Author
ފާތިމަތު ނާވީ
13 ފެބްރުއަރީ 2022 08:06
0

ބޮލީވުޑްގެ ކުޅަދާނަ ތަރި ކާޖޮލް "ސަލާމް ވެންކީ" ގެ ޝޫޓިންގ ފަށައިފިއެވެ.

މި ފިލްމަށް މީގެ ކުރިން ދީފައިވާ ނަމަކީ "ދަ ލާސްޓް ހުއްރަހް" އެވެ. އާ ނަމުގައި ފިލްމުގެ ޝޫޓިންގ ފަށާފައިވަނީ އިއްޔެއެވެ.

ސޫރަޖް ސިންގެ، ޝްރައްދާ އަގަރްވާލް އަދި ވަރްޝާ ކުކްރޭޖީ ޕްރޮޑިއުސްކުރާ މި ފިލްމުގެ ޝޫޓިންގ ފެށިކަން ކާޖޮލް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނާ ހިއްސާ ކޮށްފައެވެ.

މި ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އެގޮތުން ފިލްމުގައި ފެނިގެންދާނީ ހިތްވަރުގަދަ މަންމައެއްގެ ވާހަކަތަކެކެވެ.

 

View this post on Instagram

 

A post shared by Kajol Devgan (@kajol)

މި ފިލްމު ޑައިރެކްޓް ކުރަނީ ރެވަތީ އެވެ. ބީލައިވް ޕްރޮޑަކްޝަން އާއި ޓޭކް 23 ސްޓޫޑިއޯ އިން ޕްރޮޑިއުސްކުރާ މި ފިލްމާ ބެހޭ މާގިނަ މައުލޫމާތެއް އަދި ހާމަައެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.