ރަވީނާގެ ބައްޕަ މަރުވެއްޖެ

ރަވީނާގެ ބައްޕަ މަރުވެއްޖެ

Author
ފާތިމަތު ނާވީ
12 ފެބްރުއަރީ 2022 08:51
0

ބޮލީވުޑްގެ ތަރި ރަވީނާ ޓަންޑަންގެ ބައްޕަ މަރުވެއްޖެއެވެ.

ރަވީނާގެ ބައްޕަ ރަވީ ޓަންޑަނަކީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއްވެސް މެއެވެ.

ބައްޕަ އިއްޔެ މަރުވީކަމުގެ ޚަބަރު ރަވީނާ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. އެއާއެކު ބޮލީވުޑްގެ ގިނަ ބަޔަކު އަންނަނީ ހިތާމަ ފާޅުކޮށް ތައުޒިޔާ ކިޔަމުންނެވެ.

ރަވީނާ ބައްޕަ މަރުވަން ދިމާވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ހިޓް ފިލްމުތަކެއް ހަދާފައިވާ ރަވީގެ އެންމެ މަގުބޫލު ފިލްމް ތަކުގެ ތެރޭގައި "ނަޒްރާނާ"، "މަޖްބޫރު"، " ހުދްދާރް"، "ޒިންދަގީ" އަދި "ކޭލް ކޭލް މޭ" ފަދަ ފިލްމުތައް ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.