ޑީޑީ ނަޝީދަށް: %70 ނޫނެކޭ ބުނާ މީހަކަށް ވެރިކަމުގައި ހުރެވިގެން ނުވާނެ!

ޑީޑީ ނަޝީދަށް: %70 ނޫނެކޭ ބުނާ މީހަކަށް ވެރިކަމުގައި ހުރެވިގެން ނުވާނެ!

Author
މުޙައްމަދު ޖިމީ
11 ފެބްރުއަރީ 2022 10:46
0

ރައްޔިތުންގެ މެޖޯރިޓީ ނޫނެކޭ ބުނާ މީހަކަށް ވެރިކަމުގައި ހުރެވިގެން ނުވާނެކަމަށް ވިދާޅުވެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ދީދީ ރައީސް ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ވެރިކަމުގެ ނިޒާމް މިހާރު އޮންނަގޮތުން އެއްވެސް ޕާޓީއަކަށް ނުވަތަ ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ މަތިން ވޯޓް ނުލިބޭނަމަ ވެރިކަމަކަށް ނާދެވޭނެއެވެ. އެހެންކަމުން  އިންތިޚާބުގެ %30 ވޯޓް ލިބުމުން ވެރިކަމަށް އާދެވޭގޮތަށް ޤާނޫނު އަސާސީއަށް އިޞްލާހު ގެނައުމަށް އެމްޑީޕީ ޤައުމި މަޖިލީހަށް އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރޭ ހުށައަޅުއްވާފައެވެ.

ރައީސް ނަޝީދުގެ އެ ހުށައެޅުއްވުމަށް ފާޑުވިދާޅުވެ އިބްރާހީމް މުޙައްމަދު ދީދީ ވިދާޅުވީ، ޤާނޫނޫ އަސާސީގައި އޮތީ ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމަށާއި، ވެރިކަން ދެމި އޮންނާނީވެސް އެގޮތުގައިކަމަށެވެ. އެހެންކަމުން އިންތިޚާބުގެ %30 އެއީ ރައްޔިތުންގެ މެޖޯރިޓީއެއް ނޫންކަމަށާއި، %70 ނޫނެކޭ ބުނާ މީހަކަށް ވެރިކަމުގައި ހުރެވިގެން ނުވާނެކަމަށް އިބްރާހީމް މުޙައްމަދު ދީދީ ވިދާޅުވިއެވެ.

ޤާނޫނޫ އަސާސީގައި އޮތީ ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމަށް. އަދި ދެމި އޮންނާނީވެސް އެގޮތުގައިކަމަށް. %30 އެއީ ރައްޔިތުންގެ މެޖޯރިޓީއެއް ނޫން. %70 ނޫނެކޭ ބުނާ މީހެއް ނޫން ވެރިކަމުގައި ހުންނަން ވާނީ.

– އިބްރާހީމް މުޙައްމަދު ދީދީ

ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ވޯޓް ކާމިޔާބު ކުރާ މީހަކު ވެރިކަމަށް ގެންނަގޮތަށް ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ހުށައެޅުއްވީ ރޭ އޮތް އެމްޑީޕީ ޤައުމީ މަޖިލީހަށެވެ.

ރައީސް ނަޝީދުގެ ހުށައެޅުއްވުމުގައި ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކީ ޖުމްލަ ވޯޓުގެ 30 އިންސައްތަ އަށްވުރެ މަދު ނޫން އަދަދަކަށް ވޯޓު ހޯދާފައިވާ ކެންޑިޑޭޓެއް ނަމަ، ދެ ވަނަ ބުރަކަށް ނުގޮސް އެ ކެންޑިޑޭޓަކީ މޮޅުވި ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅުމަށް ކޮންގްރެެސް އިން ނިންމުމަށެވެ. މިފަދައިން ކަނޑައެޅުމުން އެއްވެސް ކެންޑިޑޭޓަކަށް 30 އިންސައްތަ ވޯޓު ނުލިބިއްޖެނަމަ، އެންމެ ގިނަ ވޯޓު ހޯދާ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރަކަަށް ގޮސް، ދެވަނަ ބުރުގައި އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކީ މޮޅުވި ކެންޑިޑޭޓުގެ ގޮތުގައިވެސް ގާނޫނު އަސާސީގައި ކަނޑައެޅުމަށެވެ.

ރައީސް ނަޝީދުގެ މި ހުށައެޅުއްވުމާއެކު އެމްޑީޕީގައި އިސްކޮށް ކުރިން ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅުން އަންނަނީ ނަޝީދުގެ އެ ހުށައެޅުމަށް ފާޑުވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޖ ޖިމްޝީދު
މީތިބުނާހެން ދިވެހި ރައްޔިތުންނަށް ޖެހިފަވާ ބަލާވެރިކަމެށް މިކަލޭގެވީ އިގިރޭސި ވިލާތުގަ ބަހައްޓަން ދިވެހި ރައްވެހިކަން ކަޑާލަން އޭރުން އެތަނުގެމީހުންނަށް ނޮހޮރުއްޕާންކުރަން ހުރެދާނެނުން މީނަގެބަލާ މިހާރު މަބޮޑަށް ބޮޑުކޮއްފި މީނަވެރިކަމަށްއަރާ ނުފައިބާ ހުންނަންވެއްޖެނުން
ގ ގުލޭނޫރަންމާ
ވެރިކަން ފެށިފެން އަންނަނީ އެންޑީޕީ ކިބައިން ކަމަށް އެކސލޭގެ ދެކެން ފެށީކަންނޭގޭނެ ތޯ؟ ނުކިބޭނެ ކަން ޖަށސވަރު އެއަޗެއް އޮޅުމެއްގެ ތެރެެިން ލިބި، އެއަށް ދެވިހުފީމާ ދެން ލަދެއް ހަތާތެއް ނުގަންނާނެ! ކީހާ ޅެން ފަރިއްސަާްވާއިރުވެސް ރެއސކާ ނުލާނެ! ބޭނުންނަވަނީ ވެރިކަމާ ލައްޒަތާ ޖާރިޔާތަކާ ފައިސާ. ގައުމަށް މިއެރި އޮޅުމުގެ ތެރޭގައި މިހުތިހާ ފޮނިމީރުކސމެއް ހާސިލްކޮށްފި...ދެން ކިހާ ދިޔާވާނެ؟؟؟؟!!!!
އ އަހުމަދު
ވެރިކަމާއިގެން ހޭބަލިވުމަކީ ބައެއް މީހުނަށް ދިމާވާ ނަފްސާނީ މައްސަލައެއް. މިކަހަލަ މީހުނަށް ހީވާނެ މުޅި ޤައުމަކީ ތިމަންނައޭ. ހަމަހޭގަ ތިބޭ ރައްޔިތުން ޖެހޭނެ މިކަހަލަ ބުރާންތިންގެ ކިބައިން ސަލާމަތްވާން.
R Rty
Aan mibudu balaaverikame mi laadheenee nasheedu miulhenee moyavegentha kihaa bodubalaaveri kamehtha mee meethivaru adhives maithirivaa kahnoolhey mee midhuniye mahchah faalhuvefa hurijaahileh.
އ އަޙްމަދު
މީނާ ބޭނުމީ ކޮންމެ ގޮތެއް ހަދާފައި ވެސް ވެރިކަން.