އާންބަސް ބުނިހާ އަވަހަކަށް ރިތިކާ ކައިވެނި ކުރަން ތައްޔާރު: ގައިތުރީ

އާންބަސް ބުނިހާ އަވަހަކަށް ރިތިކާ ކައިވެނި ކުރަން ތައްޔާރު: ގައިތުރީ

Author
ފާތިމަތު ނާވީ
12 ފެބްރުއަރީ 2022 05:08
0

"ފެމިނާ މިސް އިންޑިޔާ ޔުނައިޓެޑް ކޮންޓިނެންޓްސް 2018″ ގެ ތާޖު ހާސިލް ކޮށްފައިވާ ގައިތުރީ ބަރްދުވާޖް ހުރީ ރިތިކް ރޯޝަނާ ކައިވެނި ކުރަން ބޭނުން ވެފަކަމަށް ބުނެފިއެވެ.

ރިތިކް ވަނީ އޭނާ 'ފޮރުވައިގެން" އުޅުން ލޯބިވެރިޔާ އާއެކު މިދިއަ ހަފްތާގައި ފެނިފައެވެ. އެގޮތުން ރިތިކް އުޅެނީ ސަބާ އާޒާދާ ލޯބީގެ ގޮތުން ގުޅިގެން ކަމަށް މީޑިއާ އިން ވަނީ ބުނެފައެވެ.

ގައިތުރީ ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއްގައި ބުނެފައިވަނީ އޭނާ ރިތިކާ ކައިވެނި ކުރަން ބޭނުން ވާކަމަށާއި، ރިތިކު އެއްބަސް ވީހާ އަވަހަކަށް ކައިވެނި ކުރާނެ ކަމަށެވެ.

ގައިތުރީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މަޝްހޫރު ވެބް ސީރީޒް "ޑިންޑޯރާ" އިންނެވެ. ވަރަށް އަވަހަށް އޭނާގެ ފުރަތަމަ ބޮލީވުޑްގެ ފިލްމު އިއުލާން ކުރާނެ ކަަމަށް ޚަބަރުތަށް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.