ޓީވީ ތަރި ދެބީނާ ބަނޑުބޮޑު

ޓީވީ ތަރި ދެބީނާ ބަނޑުބޮޑު

Author
ފާތިމަތު ނާވީ
11 ފެބްރުއަރީ 2022 10:57
0

ޓީވީ އިންޑަސްޓްރީގައި މަގުބޫލު ދެ އެކްޓަރުން ކަމުގައިވާ ގުރުމީތު ޗޯދްރީ އާއި ދެބީނާ ބޮނެރުޖީއަށް ދަރިއަކު ލިބެން އުޅޭ ކަން އިއުލާން ކޮށްފިއެވެ.

މިއީ މިދެމީހުންގެ ވެސް ފުރަތަމަ ދަރިފުޅެވެ. މިކަން އިއުލާން ކޮށް އިންސްޓަގްރާމުގައި ދެބީނާ ބުނެފައިވަނީ އެމީހުން 3 މެމްބަރުންގެ އާއިލާ އަކަށް ވާން އުޅޭ ކަމަށެވެ. އެއާއެކު ގިނ ަބަޔަކު ވަނީ މި ދެމީހުންނަށް މަރުހަބާ ކިޔާފައެވެ.

 

View this post on Instagram

 

A post shared by Gurmeet Choudhary (@guruchoudhary)

މި ދެ ތަރިން މަޝްހޫރުވެގެން ދިޔައީ ސިލްސިލާ ޑްރާމާ "ރާމާޔަން" އިންނެވެ. މި ޑުރާމާގައި ގުރުމީތު ކުޅެފައިވަނީ "ރާމް" ގެ ރޯލެވެ. އަދި ދެބީނާ ކުޅެފައިވަނީ "ސީތާ" ގެ ރޯލެވެ. މި ދެމިހުންގެ ލޯބީގެ ފެށުމަކީވެސް މިއެވެ.

މީގެ އިތުރުން ވެސް ގިނަ ޑްރާމާ ތަކަކުން ގުރުމީތު ވަނީ ފެނިގެން ގޮސްފައެވެ. އަދި ބައެއް ރިއަލިޓީ ޝޯތަކާއި ފިލްމް ތަކުންވެސް ވަނީ ފެނިގެން ގޮސްފައެވެ.

ގުރުމީތާއި ދެބީނާ ކައިވެނި ކޮށްފައިވަނީ 2011 ވަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.