ސްޓެލްކޯގައި ވެލްޑިންގ ކުރުމުގެ ހުނަރު އިތުރުކުރުމުގެ ޕްރޮގުރާމެއް

ސްޓެލްކޯގައި ވެލްޑިންގ ކުރުމުގެ ހުނަރު އިތުރުކުރުމުގެ ޕްރޮގުރާމެއް

Author
މުޙައްމަދު ޝަޒައިމް
09 ފެބްރުއަރީ 2022 09:30
0

ސްޓެލްކޯގައި ވެލްޑިންގ ކުރުމުގެ ހުނަރު އިތުރުކުރުމުގެ ޕްރޮގުރާމެއް ބާއްވައިފިއެވެ.

ސްޓެލްކޯއިން ދަނީ އެކުންފުނީގެ މުވައްޒިފުންނަށް މަސައްކަތުގެ ދާއިރާތަކުން ފަންނީ ގާބިލްކަން އިތުރު ކުރުމަށް ތަފާތު އެކި ޕްރޮގުރާމުތައް ހިންގަމުންނެވެ. ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ސްޓެލްކޯއިން ކުރިއަށް ގެންދާ މި ޕްރޮގުރާމުތަކުގައި އެކުންފުނީގެ މުވައްޒިފުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދެއެވެ.

ސްޓެލްކޯއިން ހިންގަމުންދާ ޕްރޮގުރާމުތަކުގެ ތެރެއިން ވަނީ ސްޓެލްކޯގެ މުވައްޒަފުންގެ ވެލްޑިންގ ކުރުމުގެ ހުނަރު އިތުރު ކުރުމުގެ ގޮތުން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާއި ގުޅިގެން 10 ދުވަހުގެ މުއްދަތަށް ޚާއްސަ ޓްރެނިން އެއް ކުރިއަށް ގެންގޮސްފައެވެ.

މި ޓްރެއިނިންގައި ޖުމްލަ 15 މުވައްޒިފަކު ވަނީ ބައިވެރިވެފައެވެ. މި ޕްރޮގުރާމު ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.