އާޒިމް ޝަރީފަށް: ފިޗުން ރޭޓުކުރަނީ ސިޔާސީ މީހުން ބުނާ އެއްޗަކަށްނޫން

އާޒިމް ޝަރީފަށް: ފިޗުން ރޭޓުކުރަނީ ސިޔާސީ މީހުން ބުނާ އެއްޗަކަށްނޫން

Author
މުޙައްމަދު ޝަޒައިމް
07 ނޮވެމްބަރ 2020 03:18
0

ކްރެޑިޓް ރޭޓިން ކުންފުނި، ފިޗުން ރާއްޖެ އަށް ދިން ކްރެޑިޓް ރޭޓް ދަށްކޮށްފައިވަނީ ސިޔާސީ މީހުން ދައްކާ ވާހަތަކަށް ބަލައިން ނޫންކަމަށް ވިދާޅުވެ މަރަދޫ ދާއިރާގެ މެމްބަރަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ރައްދު ދެއްވައިފި.

ފިޗުން ރާއްޖެ އަށް ދިން ކްރެޑިޓް ރޭޓް ދަށްކޮށްފައިވާ ސަބަބާއި ގުޅޭގޮތުން ޝަރީފް ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު މިހާ ދަށް ހާލަތެއްގައި އޮތްވާ މަޖިލިސް އިން ފާސްކުރާ ޤަރާރުތަކާއި ރިޕޯޓްތަކުގެ ސަބަބުން ގެއްލުން ލިބޭނީ މުޅި ރައްޔިތުންނަށް ކަމަށެވެ. މިއަދު މިހާލަތު ބައްދަލުކުރީ އޭތު މަޖިލިސްގައި މިކަން ކުރަން އުޅުމުން އޭނާ ދެކޮޅު ހެދި ނަމަވެސް މަޖިލީހުގެ ބައެއް ބޭފުޅުންނަށް މިއީ ރަނގަޅު ގޮތްކަމަށް ނިންމުމުން ކަމަށެވެ. ފިޗުން މިއަދު ރޭޓިން ދަށްކުރުމުގެ އެންމެބޮޑު އަސްލަކީ މަޖިލީހުން ފާސްކުރި ރިޕޯޓްކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފްގެ މިވާހަތަކަށް ރައްދު ދެއްވަމުން އޭނާ ހިމެނޭ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ފިޗުން ރޭޓް ކަނޑައަޅަނީ ޤައުމުތަކުގައި ތިއްބަވާ ސިޔާސީ މީހުން ނިންމާ ނިންމުމާއި ދައްކާ ވާހަތަކަށް ބަލައިގެން ނޫންކަމަށެވެ. ރޭޓް ކަނޑައަޅަނީ ޤައުމުތަކުގެ ހިސާބުތައް ބެލުމަށްފަހު ދޭ އަދަދެއްކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ފިޗުން އާންމުކުރި ރޭޓިންގައި ރާއްޖެ ވަނީ ކްރެޑިޓް ރޭޓިން "ބީ" އިން "ސީސީސީ" އަށް ދަށްކޮށްފައެވެ. ސަބަބެއްކަމަށް ފިޗުން ބުނެފައިވަނީ ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވުންކަމަށެވެ. ރާއްޖޭގައި ބޭރު ފައިސާގެ ދަތިކަން އޮތްކަންވެސް ފިޗުން ފާހަގަކޮށްފައިވެއެވެ. ފިޗުން ލަފާކޮށްފައިވާގޮތުން ކޯވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އަޑިއަޅާލުމުން އަރައިގަނެވޭނީ 2022 ވަނަ އަހަރުއެވެ. ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވުމެވެ. ނަމަވެސް މާލީ އެކި އިދާރާތަކުން ރާއްޖޭން ނަގާފައިވާ ލޯނުތައް، މި ދަތި ހާލަތުގައި ވެސް ބަރާބަރަށް ދައްކަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން މިއަދު މަޖިލިސް ރައީސް ވިދާޅުވީ ފިޗުން ރާއްޖެ އަށް ދިން ކްރެޑިޓް ރޭޓް ގަބޫލު ނުކުރާ ކަމަށް ފިނޭންސް މިނިސްޓރަ ވިދާޅުވި ވިދާޅުވުމަކީ ގޯހެއް ކަމަށާއި، ބައިންލަ އަގުވާމީ މުއައްސަސާސަތަކުން ދެއްވާ ހިސާބުތައް ބަލައިގަންނަންޖެހޭ ކަމާށެވެ.

ރާއްޖެ ރޭޓް ކުރުމަށް ހަވާލުކޮށްފައިވަނީ މޫޑީސް އާއި ފިޗަށެވެ. މި ބޭނުމަށް މި ދެ ކުންފުނިން، ރާއްޖެއާ ގުޅޭ ތަފާސް ހިސާބުތަކާއި މައުލޫމާތު ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިދާރާތަކުން ހޯދާނެ އެވެ. ފިޗްއިން ރާއްޖެ ރޭޓް ކުރިއިރު، ފުރަތަމަ ފަހަރަށް ރާއްޖެ ރޭޓްކުރި، "މޫޑީސް އިންވެސްޓްމަންޓް ސާވިސް" އިން ބުނެފައިވަނީ އޭޝިޔާ ޕެޝިފިކް ގައުމުތަކުގެ ތެރެއިން ދަރަނި ދެއްކުމުގެ ގާބިލްކަން ދަށަށް ދިޔުމުގެ ފުރުސަތު ބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.