އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީޚެއް މާދަމާރޭ ކަނޑައަޅަނީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީޚެއް މާދަމާރޭ ކަނޑައަޅަނީ

Author
މުޙައްމަދު ޝަޒައިމް
09 ފެބްރުއަރީ 2022 08:22
0

ވެރިކަން ކުރާ މައި ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބު ބާއްވާނެ ތާރީޚެއް މާދަމާރޭ ކަނޑައެޅުމަށް ނިންމަފިއެވެ.

އެމްޑީޕީން މާއްދަމާ ބާއްވާ ޤައުމީ މަޖިލީހުގެ މިދައުރުގެ ދެވަނަ ޖަލްސާގައި މިމަސައްކަތް ކުރުމަށް ވަނީ އެޖެންޑާކޮށްފައެވެ. މާދަމާރޭ 20:30ގައި އިސްކަންދަރު ސްކޫލުގައި އޮންނަ އެމްޑީޕީގެ ޤައުމީ މަޖިލިސްގައި އެޕާޓީގެ އިންތިޚާބީ އެކި މަޤާމުތަކަށާއި، އިންތިޚާބުކޮށްގެން ކަނޑައަޅަންޖެހޭ ކަންކަންކަނޑައެޅުމަށް ވަނީ އެޖެންޑާކޮށްފައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހަށް އެޖެންޑާ ކޮށްފައިވާ ކަންކަން:
1. ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުގެ އިންތިޚާބު
2. ޗެއާޕާސަންގެ އިންތިޚާބު
3. ރިޔާސީ ޕްރައިމަރީގެ އިންތިޚާބު
4. އަންހެނުންގެ ރޫޚުގެ އިންތިޚާބު
5. ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު

މާދަމާރޭ ބާއްވާ ޖަލްސާގައި އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި އޮތް އެއްކަމަކީ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީޚު ކަނޑައެޅުމެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަނަކުރައްވާނެކަމަށް މިހާތަނަށް އެއްވެސް ބޭފުޅަކު ހާމަކުރައްވާފައި ނުވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ޕްރައިމަރީއަކާއި ނުލައި އިތުރު ދައުރަކަށް ޓިކެޓް ދޭންޖެހޭކަމަށް އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުންނާއި، އާންމު ބައެއް މެމްބަރުން ދަނީ ބުނަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވާދަކުރައްވާނަމަ ވާދަ ނުކުރައްވާނެ ކަމުގެ އިޝާރާތެއް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދެއްވާފައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު ރައީސް ޞާލިހާއި ވާދަ ނުކުރައްވާނެކަމަށެވެ.

އެމްޑީޕީގެ އެކި މަޤާމުތަކުގެ ތެރެއިން ޕީޖީ ލީޑަރުގެ އިންތިޚާބީ މަޤާމުގައި މިހާރު ހުންނެވި އާޒިމްގެ މަޤާމުގެ މުއްދަތު މިދިޔަ މަހުގެ 3 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ. ނަމަވެސް އަދި މިހާތަނަށް މިއިންތިޚާބު ބާއްވާފައިނުވެއެވެ. މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމުގެ މުއްދަތު މިމަހުގެ 11 ވަނަ ދުވަހަށް ހަމަވާނެއެވެ މިހާރުގެ ޗެއާޕާސަންއަކީ ހަސަން ލަތީފްއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް އެސްޓީއޯގެ އެމްޑީ އަމްރުއާއި، ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ބޮޑަށް ބެލެވޭ ގޮތުގައި އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަޤާމަށް އިންތިޚާބުވުން އެންމެގާތީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.