ކިނޮޅަހު ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ކިނޮޅަހު ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

Author
މުޙައްމަދު ޝަޒައިމް
09 ފެބްރުއަރީ 2022 02:56
0

ރ.ކިނޮޅަހު ލަފާފުރުމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމުގައި އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ރ. ކިނޮޅަހު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ މިހާރު ހުރި އެއްގަމުތޮށި ތަޅާލުމުގެ މަސައްކަތާއި މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމުގައެވެ.

މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމާއި، 162 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 285 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 186 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހަރުކުރުމާއި، 1663.36 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ.

މި މަޝްރޫޢަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫޢެއް.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.