ސަލްމާންގެ މަންމަގެ އުނގުގައި ބޯއަޅައިގެން އުފަލުން

ސަލްމާންގެ މަންމަގެ އުނގުގައި ބޯއަޅައިގެން އުފަލުން

Author
ފާތިމަތު ނާވީ
09 ފެބްރުއަރީ 2022 08:35
0

ބޮލީވުޑް އެކްޓަރ ސަލްމާން ޚާނަކީ ވަރަށް ލޯބި މީހެކެވެ. އޭނާއަކީ އާއިލާއާ ރަހުމަތެރިންގެ މެދުގައި ވަރަށް މަގުބޫލު މީހެއް ވެސްމެއެވެ. އޭނާގެ ހުންނަ އަޅާލުމާއި އާއިލާދެކެ ވާ ލޯބީގެ ސަބަބުން ސަލްމާނަކީ އެމީހުންގެ ފޭވަރިޓެވެ.

ބޮލީވުޑް ދަބަންގްގެ ގޮތުގައި މަޝްހޫރު އެކްޓަރު ސަލްމާނަކީ މައިންބައިފައިންނާއި އޮންނަ ގުޅުންވެސް ވަރަށް ވަރުގަދަ ތަރިއެކެވެ.

ސަލްމާން އިއްޔެ ވަނީ އޭނާގެ މަންމަ އާއި އެކުގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ. މި ފޮޓޯގައި ސަލްމާން އޮތީ އޭނާގެ މަންމަގެ އުނގުގައި ބޯއަޅައިގެންނެވެ. އަދި ދެމީހުން ތިބީ ވަރަށް އުފަލުން ހެވިފައެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

ސަލްމާން މިހާރު އަންނަނީ "ޓައިގާ3″ ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމުގެ ލީޑުން ފެނިގެންދާ ތަރި ކެޓްރީނާ ކައިފް އާއެކު ސަލްމާންގެ "ޓައިގާ3″ ގެ ޝޫޓިންގެ ފަހު ޝެޑިއުލް ދިއްލީގައި ނިންމާލާނެއެވެ. އެއަށްފަހު ސަލްމާން ފަށާނީ "ބައިޖާން"ގެ ޝޫޓިންއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.