ބޮލީވުޑްގެ މަގުބޫލު ޖޯޑު ކަމުގައިވާ ދީޕިކާ ޕަޑުކޯނާއި ރަންވީރު ސިންގްއަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ޖޯޑެކެވެ.
ދީޕިކާ އާއި ރަންވީރު ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. މިއީ ވަރަށް ގުޅޭ ޖޯޑެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.
މީގެ ކުރިން މި ދެތަރިން ވަނީ އެކުގައި ބައެއް ފިލްމު ތަކުގައި މަސައްކަތް ކޮށްފައެވެ. އެގޮތުން މި ފިލްމު ތަކުގައި މި ދެމީހުންގެ ގައިގޯޅީ މަންޒަރުތަށް ވެސް ކޮންމެވެސް ވަރަކަށް ހިމެނެއެވެ. އަދި އޮން-ސްކްރީންގައި ދެމީހުން ދައްކާ ކެމިސްޓްރީ ބެލުންތެރިން ބަލައިގަނެއެވެ.
ޚަބަރުތަކުގެ ފަލަ ސުރުހީގައި ދިޕިކާ އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެއީ އޭނާގެ ކުރިއަށް އޮތް ފިލްމު "ގެހެރާއިޔާ" ގެ ސަބަބުންނެވެ. މި ފިލްމަކީ ދީޕިކާ މިހާތަނަށް ކުޅުނު އެންމެ 'ބޯލްޑް' ރޯލުން ފެނިގެންދާ ފިލްމެވެ.
މި ފިލްމްގައި ދީޕިކާ އާއި ސިދާންތު ޗަތުރުވެދީގެ ވަރަށް ގައިގޯޅީ މަންޒަރުތަކެއް ފެނިގެންދާނެއެވެ. ފިލްމްގައި މި ދެތަރިންގެ އިތުރުން އަނައްނިޔާ ޕާންޑޭ އާއި ދައިރިޔާ ކަރްވާ ވެސް މުހިންމު ރޯލަކުން ފެނިގެން ދާނެއެވެ.
މި ފިލްމްގައި ދީޕިކާ އަދި ސިދާންތުގެ ރޮމޭންސާއި ބެހޭގޮތުން ރަންވީރުގެ އެއްވެސް މައްސަލައެއް އޮތްތޯ އިންޓަވިއުއެއްގައި ދީޕިކާއާ ވަނީ ސުވާލު ކޮށްފައެވެ. މި ސުވާލުގެ ޖަވާބުގައި ދީޕިކާ ބުނެފައިވަނީ ރަންވީރަކީ ވަރަށް ސަޕޯޓިވް ފިރިއެއް ކަމަށާއި އެކަމާ އޭނާގެ މައްސަލައެއް ނެތް ކަމަށެވެ.
މީ ހަގީގަތްކަން ހާމަވެގެން ދަނީ ހުދު ރަންވީރުވެސް މި ފިލްމްގެ ޕްރޮމޯޝަން ތަކުގައި ބައިވެރިވެފައި ވާތީއެވެ. އޭނާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ފިލްމު ޕްރޮމޯޓް ކޮށްފައެވެ.
"ގެހެރާއިޔާ" ޕްރިމިއާ ކުރަނީ އެމެޒަން ޕްރައިމް ވީޑިއޯއިން މި މަހުގެ 11 ވަނަ ދުވަހުއެވެ.
One Response
ވަރިހަމަ ؟ ވަރި ހަމަ ؟ ބެސްޓް ރޯލް މޮޑެލް ….