ސޮނީ ޓީވީގެ ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" އަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައިވެސް ވަރަށް މަގުބޫލު ޝޯއެކެވެ. އަދި މި ޝޯގައި ބައިވެރި ވުމަކީ ގިނަ ބައެއްގެ ހުވަފެނެކެވެ.
މިހާތަނަށް ގިނަ އަދަދެއްގެ ސެލެބްރިޓީން ވަނީ މި ޝޯގައި މެހެމާނުންގެ ގޮތުގައި ބައިވެރި ވެފައެވެ. އެގޮތުން އެއްފަހަރަށް ވުރެ ގިނަ ފަހަރު ވެސް ތަރިން ވަނީ މި ޝޯ ގައި ބައިވެރި ވެފައެވެ.
މި ޝޯގައި އެންމެ ގިނަ އަދަދަކަށް ބައިވެރިވި ތަރިއަކީ އަކްޝޭ ކުމާރެވެ. ބޮލީވުޑްގައި ކޮންމެ އަހަރަކުވެސް އެއް ތަރިއެއްގެ އެންމެ ގިނަ ފިލްމު ބެލުންތެރިންނާ ހަމައަށް އަންނަ ތަރިއަކީވެސް އަކްޝޭއެވެ. އޭނާގެ ކޮންމެ ފިލްމެއްގެ ޕްރޮމޯޝަނަށް ޝޯގައި އޭނާ ބައިވެރިވެއެވެ. އެހެން ކަމުން މި ޝޯ އާއި ޝޯގެ ތަރިންނާ އަކްޝޭ ވަނީ ގާތް ގުޅުމެއް ވެސް އުފެދިފައެވެ.
ރިޕޯޓްތަށް ބުނާގޮތުގައި ކަޕިލް އާއި އަކްޝޭ އާއި ދެމެދު މިހާރު ގުޅުން ރަނގަޅެއް ނޫނެއެވެ. އަދި އަކްޝޭ ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ބަޗަން ޕާންޑޭ" ޕްރޮމޯޓް ކުރުމަށް އެޝޯއަށް ދިއުމަށް އިންކާރު ކޮށްފައެވެ.
ސަބަބަކީ އެންމެ ފަހުން އަކްޝޭ އެޝޯގައި ބައިވެރިވެ ދެއްކި ވާހާކައެއް އޮންއެއަރ ނުކުރުމަށް އެދިފައި ވުމުން ޝޯއިން އެބައި އުނިކޮށްފައި ވަނިކޮށް ސޯޝަލް މީޑިއާގައި އެ ވާހަކަ ތަކުގެ ވީޑިއޯ ލީކު ވުމުންނެވެވެ. މި ވާހަކަ ތަކަކީ މަސްލަހަތަށް ބަލާފައި ޝޯގައި ނުހިމެނުމަށް އަކްޝޭ އެދިފައިވާ ވާހަކަ ތަކެކެވެ. އެހެންވެ ޝޯ ޓީވީ އިން ގެނެސްދިން އިރު އެބައި ހިމަނާފައިއެއް ނުވެއެވެ.
ނަމަވެސް ކަޕިލްގެ ޓީމުގެ މެމްބަރަކު ވަނީ މި ކްލިޕް ސޯޝަލް މީޑިއާގައި ލީކް ކޮށްލާފައެވެ. ކަޕިލް ޝޯވ އަކީ ލައިވް ޝޯއެއް ނޫންކަމުން ތަރިން ދައްކާ ވާހަކަތައް ދެފަރާތް އެއްބަސްވާ ގޮތުގެ މަތިން ނުހިމަނާއި ޝޯވ ގެނެސްދެއެވެ.
މި ވީޑިއޯގައި ގައި ވާހަކަ ދައްކާފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި މީގެ ދެތިން އަހަރު ކުރިން އަކްޝޭ ކުރި އިންޓަވިއު އެއްގެ ވާހަކައެވެ.