ށ. ފީވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.
މި މަޝްރޫޢުގެ ދަށުން، 420,40 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 743,14 ކިއުބިކް މީޓަރު ނެރުފުންކުރުމާއި، 474 މީޓަރު އެއްގަމު ތޮށި އަދި 356 މީޓަރުގެ ބޭރުތޮށި ލުމާއި، 182 މީޓަރު ރިވެޓްމެންޓް އާއި 27 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ އިތުރުން، 320،2 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ގެ އަގަކީ 6.67 މިލިއަން ރުފިޔާއެވެ.
We have completed Sh. Feevah Harbor Development Project on 29 Jan 2022. The value of the project is MVR 67.6 million.#MTCCProjects #RayyithungeKunfuni pic.twitter.com/ziqK0wjd2u
— MTCC Plc (@MTCCPlc) February 8, 2022
ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ.
އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ