ހުޅުޖަހައިދިން ލިބުނު ގެއްލުން 500 މިލިއަނަށް އަރާ: ޖަމީލް

ހުޅުޖަހައިދިން ލިބުނު ގެއްލުން 500 މިލިއަނަށް އަރާ: ޖަމީލް

Author
މުޙައްމަދު ޝަޒައިމް
08 ފެބްރުއަރީ 2022 02:13
0

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު 2012 ވަނަ އަހަރު ފެބްރުއަރީ 8 ވަނަ ދުވަހު މުޅި ރާއްޖޭގައި ހިންގި ހަމަނުޖެހުންތަކުގައި ހިންގި ހުޅުޖެހުމުގެ ހާދިސާގެ ގެއްލުން 500 މިލިޔަނަށް އަރާކަމުގައި ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

2012 ވަނަ އަހަރު ފެބްރުއަރީ 8 ވަނަ ދުވަހު މުޅި ރާއްޖޭގައި ހިންގާފައިވާ ހުޅުޖެހުމުގެ ފޮޓޯތަކާއިއެކު ޖަމީލް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، މިއީ ދިވެހި ރައްޔިތުންނަށާއި، ޤައުމަށް ދީފައިވާ ބޮޑު ގެއްލުމެއްކަމަށެވެ. މިކަން ކުރިމަތިވީ އޭރުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ޝަރުއީ ދާއިރާއަށް ކުރިމަތިކުރުވި ނުފޫޒުން ކަމަށާއި، އެދުވަހުގެ ހުޅުޖެހުމުގެ ގެއްލުން 500 މިލިޔަން ރުފިޔާއަށް އަރާކަމަށް ޖަމީލް ވިދާޅުވިއެވެ.

ހުޅުޖަހައިދިން ގެއްލުން ގާތްގަޑަކަށް 500 މިލިއަނަށް އަރާ. ނިޒާމް ގާއިމްކުރަން ހޯމް މިނިސްޓްރީން ބުރަ މަސައްކަތްތަކެއް ކުރަންޖެހުނު. ރައީސް ނަޝީދަކީ އެއިރުވެސް އަދި މިހާރުވެސް ޝަރުޢީ ނިޒާމަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިކުރި އަދި ކުރާ ފަރާތް.

– ޖަމީލް ވިދާޅުވިއެވެ.

ފެބްރުއަރީ 8، 2012 ގައި އައްޑު އަށް ލިބުނު އެންމެ ބޮޑު ދެރަ އަކީ އެތައް އަހަރަކުން ގެނެސްފައި ހުރި އުމްރާނީ އެތައް ތަރައްގީއެއް އަނދައި އަޅިއަށްވުމެވެ. އިރާކޮޅުގެ ވަގުތެއްގައި ނުކުތް ބަޔަކު އެތަން މިތަނުގައި ޖަހަން ފެށި ހުޅުގަނޑު މައިތިރިވި އިރު އެތައް އިމާރާތެއް އަނދައި އަޅިއަށްވެ، ތަރައްގީ އެތައް އަހަރެއް ފަހަތަށް ސޮއްސާލިއެވެ.

މިހާދިސާއަށްފަހު ރާއްޖޭގެ އެތައްބައެއްގެ ކައިވެނީގެ ސެޓްފިކެޓްތަކާއި، އެނޫންވެސް މުހިންމު ލިޔެކިޔުންތައް ވަނީ އަދާ އަޅިއަށްވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަސަނަ ފުޅު
ބާގީ ޖަމީލައް ފެނުނީ އޭނަގެ އަމާ
އ އަދުރޭ
ބަޣާވާތް ކުރުމުން ލިބުނު ގެއްލުންވެސް ހާމަކުރައްވާ