އަފްހާމް މަރުގެ ތަހުގީގުގައި ދިވެހި ފުލުހުން ބައިވެރިވާނެ: ސީޕީ

އަފްހާމް މަރުގެ ތަހުގީގުގައި ދިވެހި ފުލުހުން ބައިވެރިވާނެ: ސީޕީ

Author
މުޙައްމަދު ޝަޒައިމް
08 ފެބްރުއަރީ 2022 07:58
0

ސްރީލަންކާގައި މަރާލާފައި އޮތްވާ ފެނުނު ދިވެހި ޒުވާނާގެ މަރުގެ މައްސަލައިގައި ލަންކާ ފުލުހުން ކުރިއަށްގެންދާ ތަޙުގީގުގައި، ދިވެހި ފުލުހުންވެސް މަސައްކަތްކުރަމުންދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ގެއްލިގެން ހޯދަމުންދަނިކޮށް އުމުރުން 23 އަހަރުގެ އަފްހަމް ނަސީރު މަރާލާފައި އޮއްވާ ފެނުނީ މިދިޔަ ހުކުރުދުވަހު ސްރީލަންކާގެ ވެއްލަވައްތަ ބީޗް ސަރަހައްދުންނެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދިވެހި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ސީނިއަރ އޮފިސަރަކާއި ފުލުހުންގެ އިންވެސްޓިގޭޓަރެއް ލަންކާއަށް މިހާރު ގޮސްފައިވާކަމަށެވެ. އަދި ލަންކާ ފުލުހުން ކުރިއަށްގެންދާ ތަހުގީގުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ބައިވެރިވާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވީ ތަހުގީގާއި ގުޅޭ މައުލޫމާތު މަރުވި ޒުވާނާގެ އާއިލާއާ ހިއްސާކުރަމުންދާކަމަށެވެ. ފުލުހުން މީގެކުރިން ބުނެފައިވަނީ އަފްހާމްގެ މަރުގެ މައްސަލަ ސަމާލުކަމަށް އައިސްފައިވާކަމަށާއި އެކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އުމުރުން 23 އަހަރުގެ އަފްހާމް ނަސީރު މަރާލާފައި އޮއްވާ މިދިޔަ ހުކުރު ދުވަހު ސްރީލަންކާގެ ވެއްލަވައްތަ ބީޗް ސަރަހައްދުން ފެނުނުއިރު އޭނާގެ ހަށިގަނޑުން ބޮޑެތި ޒަހަމްތަކެއް ފެންނަން ހުއްޓެވެ. އަދި އޭނާ މަރާލާފައި އޮއްވާ ފެނުނު ބީޗް ސަރަޙައްދުން، އަފްހަމްގެ ބައެއް ތަކެތިކަމަށް ބެލެވޭ ސާމާނުވެސް ފެނިފައިވެއެވެ.

އަފްހާމަކީ 2019 ގައި ލަންކާއަށް ބަދަލުވެ، ބިޒްނަސް މެނޭޖްމަންޓުން މަތީ ތައުލީމަށް ކިޔަވަމުންދިޔަ ދަރިވަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.