ކްރިމިނަލް ކޯޓުގެ ކުރީގެ އިމާރާތަށް ވަދެ ވައްކަންކުރި މީހަކު ހައްޔަރުކޮށްފި

ކްރިމިނަލް ކޯޓުގެ ކުރީގެ އިމާރާތަށް ވަދެ ވައްކަންކުރި މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
19 ޖޫން 2026 04:26
0

ކްރިމިނަލް ކޯޓު ކުރިން ހިންގި އިމާރާތަށް ހުއްދަނެތި ވަދެ، ވައްކަން ކުރިކަމުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރ. ދުވާފަރު، ނޫރަންވިލާ، އުމުރުން 34 އަހަރުގެ އަހުމަދު ނިޝާމްއެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ ހުއްދަނެތް ތަނަކަށް ވަނުމާއި ވައްކަންކުރުމުގެ ތުހުމަތެވެ.

މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުން ނިޝާމް އަކީ މީގެ ކުރިންވެސް ކުށުގެ އެކި މައްސަލަތަކުގައި ހައްޔަރާއި ބަންދުގެ ރެކޯޑު އޮތް ފަރާތެކެވެ.

ނަމަވެސް، ކޯޓުގައި ވާހަކަދައްކަމުން އޭނާ ވަނީ ކޯޓުގެ ކުރީގެ އިމާރާތަށް ވަދެ ވައްކަންކޮށްފައި ނުވާނެކަމަށް ބުނެ، ފުލުހުންގެ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.