އުތުރުގެ އަތޮޅުތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

އުތުރުގެ އަތޮޅުތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
07 ނޮވެމްބަރ 2020 12:44
0

ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ އުތުރަށް މޫސުމް ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދު މެންދުރު 11:15 އިން ފެށިގެން ހަވީރު 16:00 ހަމައަށް ހއ ފެށިގެން ޅ. އަތޮޅާއި ހަމައަށް މޫސުން ގޯސްވާނެ ލަފާކުރެވޭކަމަށާއި، އެއަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. މިއަތޮޅުތަކަށް މެޓް އޮފީހުންވަނީ މޫސުން ގޯސްވާނެ ކަމަށް ބަލައި ހަވީރު ހަތެއްޖެހުމާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިސަރަހައްދުތަކަށް މިއަދު ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.