އަފްހާމްގެ މަރުގެ މައްސަލާގައި ދިވެހި ފުލުހުންގެ ޓީމެއް ލަންކާއަށް ދަނީ

އަފްހާމްގެ މަރުގެ މައްސަލާގައި ދިވެހި ފުލުހުންގެ ޓީމެއް ލަންކާއަށް ދަނީ

Author
މުޙައްމަދު ޖިމީ
07 ފެބްރުއަރީ 2022 02:58
0

ސްރީ ލަންކާގައި މަރާލާފައި އޮތްވާ ފެނުނު ދިވެހި ޒުވާނާ އަފްހާމް ނަސީރުގެ މަރުގެ މައްސަލައިގައި ރާއްޖޭގެ ފުލުހުންގެ ޓީމެއް އެޤައުމަށް ދިއުމަށް ހަމަޖެހިއްޖެއެވެ.

އުމުރުން 23 އަހަރުގެ އަފްހަމް ނަސީރު މަރާލާފައި އޮއްވާ ފެނުނީ މިމަހުގެ 5 ވަނަ ދުވަހު ސްރީ ލަންކާގެ ވެއްލަވައްތަ ބީޗް ސަރަހައްދުގައެވެ. މި މައްސަލއާއި ގުޅިގެން ފުލުހުންގެ ޓީމެއް ލަންކާއަށް ދަނީ އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތް އޮޅުންފިލުވުމަށާއި، އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލައި އެކަންކަން ކުރުމަށްޓަކައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އަފްހާމްގެ މަރުގެ މައްސަލަ ސަމާލުކަމަށް އައިސްފި ކަމަށާއި އެކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އަފްހާމް މަރުވެފައި އޮއްވާ ފެނުނީ އާއިލާއިން ބުނި ގޮތުން އަފްހާމްގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ރޭގެ ވަގުތެއްގައެވެ. ގެއްލުނުއިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެއް ކަމަށް އާއިލާއިން ބުނެއެވެ. އަފްހަމަކީ 2019 ގައި ލަންކާ އަށް ބަދަލުވެ، ބިޒްނަސް މެނޭޖްމަންޓުން މަތީ ތައުލީމަށް ކިޔަވާ ދަރިވަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.