ޑައިރެކްޓަރ ހިރާނީގެ ފިލްމުން ޝާހްރުކާއެކު ވިކީ؟

ޑައިރެކްޓަރ ހިރާނީގެ ފިލްމުން ޝާހްރުކާއެކު ވިކީ؟

Author
ފާތިމަތު ނާވީ
08 ފެބްރުއަރީ 2022 09:11
0

ކާމިޔާބު ޑައިރެކްޓަރ ރާޖްކުމާރް ހިރާނީގެ ކުރަށް އޮތް ފިލްމުގެ ރޯލަކުން ވިކީ ކޯޝާލް ފެނިގެން ދާނެކަމަށް ޚަބަރުތައް ބުނެފިއެވެ.

ގިނަ ދުވަސްތަކަކަށް ފަހު ހިރާނީގެ ފިލްމަކުން ޝާހު ފެނިގެން ދާއިރު މި ފިލްމުގެ މުހިންމު ރޯލަކަށް ވަނީ ވިކީވެސް ނަގާފައެވެ.

މީގެ ކުރިންވެސް ހިރާނީ އާއެކު ވިކީ ވަނީ މަސައްކަތް ކޮށްފައެވެ. އެއީ އެކްޓަރ ސަންޖޭ ދަތުގެ ބަޔޮޕިކް "ސަންޖޫ" ގައެވެ. ސަންޖޫ ކުޅުން ދުވަސްވަރު މި ދެމީހުންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އުފެދިފައިވާ ކަަމަށް ޚަބަރުތައް ބުނެއެވެ.

މިހާރު ޝާހުރުކް އަންނަނީ ކުޑަ ބްރޭކަކަށްފަހު އޭނާ އެނބުރި އަންނަ ފިލްމު ކަމުގައިވާ "ޕަތަން"ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމަށް ފަހު ހިރާނީގެ ފިލްމުގެ ޝޫޓީންގ މާރިޗު މަހު ފަށާނެއެވެ. މުމްބާއީގެ ފިލްމު ސިޓީގައި ޕަންޖާބުގެ ވިލެޖެެއް ފެންނާނެހެން ހަދާ ބޮޑު ސެޓެއްގައި ފިލްމުގެ ބޮޑުބައި ނަގަން ނިންމާފައިވާއިރު، ބައެއް މަންޒަރުތައް ބުޑަޕެސްޓާއި ލަންޑަންގަވެސް ކުރިއަށް ގެންދާނެއެވެ.

މި ފިލްމު އިއުލާން ކުރި ނަމަވެސް ފިލްމަށް އަދި ވަކި ނަމެއް ހަމައެއް ނުޖައްސައެވެ. ނަމަވެސް ފިލްމަކީ ސޯޝަލް ކޮމެޑީއެއް ކަމަށް ޚަބަރުތައް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.