ސްރީ ލަންކާގައި ގެއްލިގެން ހޯދަމުން އައި ދިވެހި މީހާ މަރުވެފައި އިއްވާ ފެނިއްޖެއެވެ.
އެނާ ފެނިފައިވަނީ ދެހިވަލާގެ ގޮނޑުދޮށުގެ ސަރަހައްދެއްގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައެވެ. އުމުރުން 23 އަހަރުގެ އަފްހަމް މަރުވެފައި އޮއްވައި ފެނުނީ ވެލެވަތޭގެ ބީޗު ސަރަހައްދުން ރޭލު ދަގަނޑެއްގެ ކައިރިންނެވެ. އަފްހަމްގެ ހަށިގަނޑު ފެނުނުއިރު، އޭނާ ގެންގުޅުނު ބައެއް ސާމާނު ވެސް ކައިރިން ފެނުނު ކަމަށް ވެއެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވެލެވަތޭގެ ބީޗު ސަރަހައްދުން މަރުވެފައި އޮތް ދެ މީހެއްގެ ހަށިގަނޑު މިއަދު ފެނިފައިވާ ކަމަށާއި ހަށިގަނޑުން އެކި ވަރުގެ އަނިޔާތައް ފެންނަން ހުރި ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
އަފްހަމް މަރުވެފައި އޮއްވާ ފެނުނީ އާއިލާއިން ބުނި ގޮތުން އިފްހާމްގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ރޭގެ ވަގުތެއްގައެވެ. ގެއްލުނުއިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެއް ކަމަށް އާއިލާއިން ބުނެއެވެ. އަފްހަމަކީ 2019 ގައި ލަންކާ އަށް ބަދަލުވެ، ބިޒްނަސް މެނޭޖްމަންޓުން މަތީ ތައުލީމަށް ކިޔަވާ ދަރިވަރެކެވެ.