އިސްކަންދަރު ސްކޫލުގެ ކުރިމައްޗަށްވާ ގޮތަށް ހުންނަ މ. ސެމީޑީލް ގޭގެ ފުރަތަމަ ފަންގިފިލާގައި އެމްޑީޕީގެ ޖަގަހައެއް ހިންގާތީ އެ އިމާރާތުގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވައިފިއެވެ.
ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމްގެ ޖަގަހަ ހުޅުވީ މ. ސެމީޑީލް ގޭގޭ ދެވަނަ ފަންގިފިލާގައި ކަމަށެވެ. އެ ޖަގަހައިގައި ވޯޓުލުމާ ގުޅޭ ކަންކަން އިންތިޒާމު ކުރެވިގެންދާނެ ކަމަަށްވެސް ވިދާޅުވިއެވެ. ޕީޕީއެމުން މިޖަގަހަ ހުޅުވީ، އެގޭގައި އެމްޑީޕީންވެސް ޖަގަހައެއް ހުޅުވައިގެން ފައިސާ ބަހާކަމަށް ބުނެ ގިނަ ޝަކުވާތަކެއް އުފުލަމުންދާ ދަނޑިވަޅެއްގައެވެ.
ޕީޕީއެމުން ބުނެފައިވަނީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް އިސްކަންދަރު ސްކޫލު ކުރިމަތީގައި ހުރި މ. ސެމީޑީލް ގޭގެ ތެރޭގައި ވޯޓަށް ނުފޫޒު ފޯރުވުމަށް އެމްޑީޕީއިން ފައިސާ ބަހާ މައްސަލަ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ.
ކޮމަންޑޫދާއިރާގެ މާލޭގައި ބަހައްޓާ 2 ވޯޓުފޮށި ބަހައްޓާފައިވަނީ، އިސްކަންދަރު ސްކޫލުގައެވެ. މާލޭގައި ބަހައްޓާފައިވާ 2 ފޮއްޓަށް 1،300 މީހުން ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، މީގެ ތެރެއިން އެއްފޮށި ޚާއްސަ ކޮށްފަިއވަނީ މާލޭގައި ދިރިއުޅޭ ކޮމަންޑޫ ރައްޔިތުންނަށެވެ. އެފޮއްޓަށް 693 މީހަކު ވޯޓުލުމުގެހައްގު ލިބިފައިވެއެވެ.
މާލޭގައި ބަހައްޓާފައިވާ އަނެއް ފޮއްޓަށް މަރޮށި، ފޯކައިދޫ ރައްޔިތުންގެ ތެރެއިން 607 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. މިފޮއްޓަށް، ފޯކައިދޫ، 271 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، މަރޮށީގެ 336 މީހުންނަށް ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
ކޮމެންޓު ފޮނުވާ