32 އަހަރަށްފަހު ފުރަތަމަ ފަހަރަށް ސައުތެމްޓަން ލީގުގެ އެއްވަނައަށް

32 އަހަރަށްފަހު ފުރަތަމަ ފަހަރަށް ސައުތެމްޓަން ލީގުގެ އެއްވަނައަށް

ގުޅުންހުރި

އިގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތަމްޓަން އިން ކުޅުނު މެޗުން މޮޅުވެ ލީގުގެ އެއްވަނަ މަޤާމަށް ޖެހިލައިފިއެވެ.

މިއީ 1988 ވަނަ އަހަރު ފަހުން އެޓީމަށް ލީގުގެ އެއްވަނަ މަޤާމަށް އެރުނު ފުރަތަމަ ފަހަރެވެ. އަމިއްލަ ދަނޑުގައި ކުޅުނު މިމެޗްގައި އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނިއުކާސެލްއާއި ދެކޮޅަށް ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު 7 ވަނަ މިނިޓްގައި ޖަހައި އިތުބާރު ހޯދައިދިނީ ޗޭ އެޑަމްސް އެވެ. މިމެޗްގައި ނިއުކާސެލްއަށް ސައުތެމްޓަން ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާއެވެ.

ސައުތެމްޓަންގެ ދެވަނަ ގޯލް، މެޗު ނިމެން 7 މިނިޓަށް ވެފައި ވަނިކޮށް ޖަހައި 3 ޕޮއިންޓް ކަށަވަރު ކޮށްދިނީ އާމިސްޓޯންގެއެވެ. މި މޮޅާއިއެކު އެޓީމު ލީގުގެ އެއްވަނާގައި އޮތީ އެއްމެޗު އިތުރަށް ކުޅެ 16 ޕޮއިންޓާއި އެކުގައެވެ. އެއްވަނާގައި އޮތް ލިވަޕޫލާއި ޕޮއިންޓުގެ ގޮތުން ހަމަހަމަވެ، ގޯލުގެ ތަފާތުން އެޓީމަށް ވަނީ ކުރިލިބިފައެވެ. ލިވަޕޫލް މާދަމާރޭ ނިކުންނާނީ ވަރުގަދަ މެންޗެސްޓާ ސިޓީއާއި ދެކޮޅަށެވެ.

ލީގުގައި ރޭ ބްރައިޓަން އާއި ބާންލޭ ކުޅުނު މެޗު ނިމުނީ ލަޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ލީގު ޓޭބަލްްއަށް ބަލާއިރު ބާންލޭ އޮތީ ފަހަރުން ދެވަނައިގައެވެ އަދި ބްރައިޓަން އޮތީ ޓެބަލްގެ 16 ވަނައިގައެވެ.

ލީގުގައި މިއަދާއި މިރޭވެސް ވަރުގަދަ މެވުތަކެއް ކުޅެވިގެންދާނެއެވެ. އެންމެ ފާހަގަކޮށްލެވޭ މެޗަކަށް އޮތީ ރާއްޖެ ގަޑިން 5:30 ގައި ކުޅޭ މެންޗެސްޓާ ޔުނައިޓާއި، އެވަޓަން ބައްދަލު ކުރާމެޗެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *