ގާތް އެކުވެރިޔާއަށް ޓަކައި ޖޯން ފިލްމު ކުޅޭ އަގު ކުޑަކޮށްފި

ގާތް އެކުވެރިޔާއަށް ޓަކައި ޖޯން ފިލްމު ކުޅޭ އަގު ކުޑަކޮށްފި

Author
ފާތިމަތު ނާވީ
05 ފެބްރުއަރީ 2022 04:28
0

"ސައްތިޔަމޭވަ ޖަޔަތޭ" އާއި "އޭކްވިލަން ރިޓާން" ފަދަ ފިލްމު ތަކުން މޮޅު އެކްޓިންއެއް ދެއްކި ޖޯން އަބަރްހަމް، އޭނާ ފިލްްމު ކުޅުމުގެ އަގު ވަނީ ދާދިފަހުން ބޮޑުކޮށްފައެވެ. މިހާރު އޭނާ ފިލްމެއް ކުޅެދެނީ 21 ކަރޯޑް އިންޑިއާ ރުޕީސް އަށެވެ.

ޚަބަރުތަށް ބުނާގޮތުގައި ޖޯން ވަނީ ޑައިރެކްޓަރ ސާޖިދު ޚާނާއި އޮންނަ އެކުވެރިކަމުގެ ސަބަބުން، އޭނާ ފިލްމު ކުޅޭދޭ އަގު ކުޑަކޮށްފައެވެ.

އެގޮތުން އޭނާ ވަނީ ސާޖިދް ޚާން ޑައިރެކްޓް ކުރާ ކޮމެޑީ ފިލްމެއް 18 ކަރޯޑަށް ކުޅެދޭން އެއްބަސްވެފައެވެ. އަދި މިއީ ފަހުގެ ތާރީހެއްގައި މިދަފަ ބޮޑު ޑިސްކައުންޓެއް ޖޯން ދިން ފުރަތަމަ ފަހަރު ކަމަށްވެސް ވެއެވެ.

 

View this post on Instagram

 

A post shared by John Abraham (@thejohnabraham)

ޖޯންގެ މިހާރުގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު ޝާހްރުކް ޚާންގެ ފިލްމް "ޕަތަން" ގެ ޝޫޓިން ޖޯން ވަނީ މިހާރު ނިންމާލައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.