ޑައިރެކްޓަރ އަލީ އައްބާސް ޒަފަރު އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ލޯންޗްކޮށްފި

ޑައިރެކްޓަރ އަލީ އައްބާސް ޒަފަރު އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ލޯންޗްކޮށްފި

Author
ފާތިމަތު ނާވީ
04 ފެބްރުއަރީ 2022 04:21
0

ބޮލީވުޑްގެ ކުޅަދާނަ ފިލްމު ޑައިރެކްޓަރ އަލީ އައްބާސް ޒަފަރު އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ލޯންޗްކޮށްފިއެވެ.

އަންގާރަ ދުވަހު މިކަން އޭނާ ވަނީ އިއުލާން ކޮށްފައެވެ. އޭނާގެ ޕްރޮޑަކްޝަން ހައުސް އަކީ އޭއޭޒެޑް ފިލްމްސްއެވެ.

40 އަހަރުގެ ޑައިރެކްޓަރ ފިލްމީ ދާއިރާއަށް ނުކުމެފައިވަނީ 2011 ވަނަ އަހަރު ރޮމޭންޓިކް ކޮމެޑީ "މެރީ ބްރަދާ ކީ ދުލްހަން" އިންނެވެ. މީގެ އިތުރުން މަޝްހޫރު ފިލްމުތައް ކަމަށްވާ ގުންޑޭ، ސުލްތާން، ޓައިގާ އަދި ބާރަތަކީ އޭނާ އަމިއްލައަށް ލިޔެ، ޑައިރެކްޓް ކޮށްފައިވާ ފިލްމުތަކެވެ. މީގެ އިތުރުން އޭނާ ވަނީ ފިލްމު "ކާލީ ޕިއްލީ" ޕްރޮޑިއުސްވެސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.