"ދަ ވޯކިންގ ޑެޑް"ގެ އެކްޓަރ މޯސަސް ޖޭ މޯސްލީ މަރުވެއްޖެ

"ދަ ވޯކިންގ ޑެޑް"ގެ އެކްޓަރ މޯސަސް ޖޭ މޯސްލީ މަރުވެއްޖެ

Author
ފާތިމަތު ނާވީ
03 ފެބްރުއަރީ 2022 02:37
0

ޑްރާމާ ސިލްސިލާ "ދަ ވޯކިންގ ޑެޑް" ގައި މައިކްގެ ރޯލު ކުޅެގެން މަގުބޫލުކަން ހޯދި އެކްޓަރ މޯސަސް ޖޭ މޯސްލީ މަރުވެއްޖެއެވެ.

އުމުރުން 31 އަހަރުގެ އެކްޓަރު މަރުވެފައިވަނީ މިދިއަ މަހުގެ 26 ވަނަ ދުވަހު ޖޯޖިއާގައެވެ. ޓީއެމްޒީ އާއި ހަވާލީ ހަބަރުތަށް ބުނާގޮތުގައި މޯސަސްގެ ކުއްލި މަރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އޭނާ މަރުވަން ދިމާވި ސަބަބު ނޭނގޭ ކަމަށް އާއިލާއިން ބުފައިވެއެވެ.

މޯސަސް ވަނީ "ކުއީން އޮފް ދަ ސައުތު" އާއި "ވޮޗްމޭން" ފަދަ ޑްރާމާތަކުންވެސް ފެނިގެން ގޮސްފައެވެ. ނަމަވެސް އޭނާ އެންމެ މަގުބޫލު ވެގެން ގޮސްފައިވަނީ "ދަ ވޯކިން ޑެޑް"އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.