ކުނާލް ކަޕޫރަށް ފިރިހެން ކުއްޖެއް

ކުނާލް ކަޕޫރަށް ފިރިހެން ކުއްޖެއް

Author
ފާތިމަތު ނާވީ
03 ފެބްރުއަރީ 2022 08:05
0

ބޮލީވުޑް އެކްޓަރ ކުނާލް ކަޕޫރާއި އަންހެނުން ނައިނާ ބައްޗަން އެމީހުންގެ އަލަތު ދަރިފުޅަށް މަރުހާބާ ކިޔައިފިއެވެ.

ކުނާލާއި ނައިނާ ކައިވެނި ކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. ކުނާލަކީ މޮޅެތި ފިލްމު ތަކެއް ކުޅެ ބެލުންތެރިންގެ ހިތުން ޖާގަ ހޯދަފައިވާ އެކްޓަރެކެވެ.

މި މީހުނަށް ލިބިފައިވަނީ ފިރިހެން ކުއްޖެއެވެ. ކުނާލް ވަނީ މި އުފާވެރި ހަބަރު އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފައެވެ.

 

View this post on Instagram

 

A post shared by Kunal Kapoor (@kunalkkapoor)

ކުނާލް ވަނީ މޮޅެތި ފިލްމު ތަކެއްގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި "ރަންގުދެ ބަސަންތީ" "އާޖަ ނަޗްލޭ" ފަދަ ފިލްމު ތަކަކީ އޭނާގެ ހުނަރު ފެނިގެންދިޔަ ފިލްމު ތަކެކެވެ.

ކުނާލް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "އެމްޕަޔާ" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.