އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާއިމެދު ގެންގުޅެމުންދަނީ ނަސްލީ އިމްތިޔާޒުގެ ސިޔާސަތު: އެމްނެސްޓީ

އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާއިމެދު ގެންގުޅެމުންދަނީ ނަސްލީ އިމްތިޔާޒުގެ ސިޔާސަތު: އެމްނެސްޓީ

އިސްރާއީލުން ދަނީ، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް "ނަސްލީ އިމްތިޔާޒުގެ ޖަރީމާތައް" ހިންހަމުން ކަމަށާއި، އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކަށް އެގައުމު ޖަވާބުދާރީ ކުރުވަން ޖެހޭކަމަށް އެމްނެސްޓީ އިންޓަރނޭޝަލްއިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ. އެމްނެސްޓީ އިންޓަރނޭޝަނަލްއިން އިސްރާއީލު ޖަވާބުދާރީ ކުރަވަންޖެހޭ ކަމަށް ބުނެފައި ވާއިރު އިންސާނީ ހައްގުތަކަށް ވަކާލާތު ކުރަމުންދާ އެހެނިހެން ޖަމާއަތްތަކުންވެސް ވަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ނަސްލީ އިންތިޔާޒުގެ ޖަރީމާތައް ހިންގަމުން ދާކަމަށް ބުނެފައެވެ.

މި ހަފްތާގެ އަންގާރަ ދުވަހު އެމްނެސްޓީ އިންޓަރނޭޝަނަލްއިން ނެރެފައިވާ 280 ސަފުހާގެ މި ރިޕޯޓުގައި އެމްނެސްޓީ އިންޓަރނޭޝަނަލްއިން ވަނީ، އިސްރާއީލުން ފަލަސްތީނު ރައްޔިތުން އޮބަހައްޓާއި އަދި އެމީހުންގެ މައްޗަށް އަނިޔާވެރި ވުމަށް ހިންގާ ޖަރީމާތަކުގައި ވަރަށް ގިނަ ތަފްސީލްތައް ހިމަނާފައެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލްއިން ހިންގާފައިވާ ތަހުގީގުގައި، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުގެ ގޮތުގައި، ފަލަސްތީނުގެ ބިންތަކާއި މުދާ ގަދަކަމުން އަތުލައިގަތުމާއި، ގަސްތުގައި މީހުން މެރުމާއި، ގަދަކަމުން މީހުން އެއްތަނުން އަނެއްތަނަށް ބަދަލު ކުރުމާއި، ފަލަސްތީނުގެ ރައްޔިތުންގެ ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ނިގުޅަައިގަތުމާއި، ޝަރީއަތަކާ ނުލާ މީހުން ހައްޔަރު ކުރުމާއި، އަދި ފަލަސްތީނު ރައްޔިތުންނަށް ރަށްވެހިކަން ލިބުނަ ނުދިނުންވެސް ފާހަގަ ކޮށްފައި ވެއެވެ.

އެމްނެސްޓީން ބުނެފައިވަނީ، މިއީ ބައިނަލްއަގުވަމީ ގާނޫނުގެ ދަށުން ނަސްލީ އިމްތިޔާޒުގެ ކުށުގެ ތެރެއަށް ފެތޭ ބޮޑތި ޖަރީމާތައް ކަމުގައެވެ.

"އިސްރާއީލުން މި ސިސްޓަމް މި ދަމަހައްޓަނީ ނަސްލީ އިމްތިޔާޒުގެ ސިޔާސަތު ދަމަހައްޓަމުން، އިންސާނިއްޔަތާއި ޚިލާފު ބޮޑެތި ޖަރީމާތައް ހިންގަމުން ކަމުގައި އެމްނެސްޓީ އިންޓަރނޭޝަނަލްގެ ތަހުގީގުތަކަށް ވަނީ ސާބިތުވެފަ،" މި ޖަމިއްޔާއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

އިސްރާއީލުގެ ޚާރިޖީ ވަޒީރު ޔައިރު ލަޕިޑްއައި ބޮޑުވަޒީރު ނަފްތާލީ ބެނެޓްވަނީ އެމްނެސްޓީ އިންޓަރނޭޝަނަލްއިން ނެރެފައިވާ މި ރިޕޯޓުގައިވަނީ ހުސް ދޮގު ކަމުގައި ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *