ކ.ގުޅީގައި ސަރުކާރުން ޤާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް ހިންގުމާއި ސްޓެލްކޯއިން ހަވާލުވެއްޖެއެވެ.
މިއާއެެކު މިވަގުތު ގުޅީގައި ފޯރުކޮށްދެމުންދާ ޔޫޓިލިޓީ ހިދުމަތްތަކުގެ ތެރެއިން ކަރަންޓާއި، ފެނާއި އަދި ނަރުދަމާގެ ހިދުމަތް މިއަދުން ފެށިގެން ދެމުން ގެންދާނީ ސްޓެލްކޯއިންނެވެ. ގުޅީގައި ސްޓެލްކޯ އިން ކަރަންޓާއި، ފެނާއި އަދި ނަރުދަމާގެ ހިދުމަތް ދެމުންދާއިރު، ފެނުގެ ހިދުމަތް ދިނުމަށްޓަކައި، 40 ޓަނުގެ 2 އާރުއޯ ޕްލާންޓާއި، ވާރޭފެން ޓްރީޓްމަންޓް 1 ޕްލާންޓްގެ އިތުރުން ފެން ރައްކާކުރުމަށް 200 ޓަނުގެ 3 ތާންގީ ވަނީ ބަހައްޓާފައެވެ. ފެނާއި ނަރުދަމާގެ ހިދުމަތް ފަށައިގަނެވޭއިރު، ފެނަށް 181 ކަނެކްޝަން އަދި ނަރުދަމާގެ ހިދުމަތް ހޯދުމަށް 175 ފަރާތަކުން ވަނީ ރަޖިސްޓްރީކޮށްފައެވެ.
ގުޅީގެ ފެނާއި ނަރުދަމާ ނިޒާމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ މިއީ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމަށް ވެވަޑައިގެންފައިވާ ވައުދުގެ ދަށުން މި ސަރުކާރުން ފެނާއި ނަރުދަމާގެ ހިދުމަތް އެންމެ ފުރަތަމަ ފަށައިގަނެވޭ ރަށް ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ކުރެވުނު މަސައްކަތުގެ ދަށުން މިއަދު މި ހިދުމަތް ގުޅީ ރައްޔިތުންނަށް ލިބިގެންދިއުމަކީ، ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި އަދި އެހާމެ މުހިންމު އަސާސީ ދެ ޚިދުމަތެއްކަން މުޣުނީ ވަނީ ފާހަގަކުރައްވާފައެވެ.
ކ. ގުޅީ ރައްޔިތުންގެ ދުވަސްވީ އިންތިޒާރަށް ނިމުމެއް ގެނެސް، ގުޅީގެ ރައްޔިތުންގެ އުމްމީދުތަކާއި އެއްގޮތަށް ސަރުކާރުން އެރަށުގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމާއި، މިކުންފުނިން މިއަދު ވަނީ ހަވާލުވެ ހިދުމަތް ދޭން ފަށާފައި. pic.twitter.com/VdE2gMOMnF
— STELCO (@STELCOMALDIVES) February 1, 2022
މުޣުނީ ވިދާޅުވީ މި ޚިދުމަތަކީ ޤައުމުގެ ތަރައްޤީއަށާއި ޚާއްސަކޮށް ރަށުގެ ކުރިއެރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށެވެ. ސަބަބަކީ ގުޅިއަކީ މިހާރުވެސް ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެއް ކަމަށާއި މިހާރުވެސް ގިނަބަޔަކު އިންވެސްޓްކޮށް އެކަމުން ނަފާ ލިބެމުން އަންނަ ރަށަކަށް ވާތީކަމަށް އެނާ ވިދާޅުވިއެވެ. މީގެއިތުރުން މުޢުނީ ވިދާޅުވީ ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރާ ފަދައިން ފެނާ ނަރުދަމާގެ ޚިދުމަތުގައިވެސް އީޖާދީ ގޮތްތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.
One Response
ކޮބާބާ ފެނަކަ. މީ ހަދާނެ ނުހަދާނެ ގޮތެއް ނޭނގޭ ބައެއް.