އަދީބަށް ޙުކުމް އިއްވުން މިއަދު : 20 އަހަރުގެ ޖަލު ހުކުމަކާއެކު 2 މިލިޔަޔަން ރުފިޔާގެ ޖޫރިމަނާއެއް

އަދީބަށް ޙުކުމް އިއްވުން މިއަދު : 20 އަހަރުގެ ޖަލު ހުކުމަކާއެކު 2 މިލިޔަޔަން ރުފިޔާގެ ޖޫރިމަނާއެއް

Author
މުޙައްމަދު ޝަޒައިމް
05 އޮކްޓޯބަރ 2020 01:39
0

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތައި ގުޅިގެން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ 7 ދައުވާއަށް އަދީބު އިޢުތިރާފްވުމުން ޙުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ އަޑުއެހުން މިއަދު އިރުއޮއްސި6:00ގައި އޮންނާނެއެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ ކްރިމިނަލް ކޯޓުން ކުރިން ބޭރުކޮށްލުމުން ހައިކޯޓުގައި އިސްތިއުނާފުކޮށް އަލުން ޝަރީޢަތް ފަށާފައިވަނީ މިދިޔަ ބުދަދުވަހުއެވެ. އެދުވަހުގެ ޝަރީޢަތުގައި އަދީބު ވަނީ 7 ދައުވާއަށް އިޢުތިރާފްވެފައެވެ.

މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ވަނީ އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ އަދީބު އިޢުތިރާފްވުމުން އެކަމުގެ އަދަބެއްގެ ގޮތުން 20 އަހަރަށް ޖަލަށްލުމަށާއި، 2 މިލިއަން ރުފިޔާއިން ޖޫރިނާކުރުމަށް ދައުލަތާއެކު އަދީބު އެއްބަސްވެފައިވާކަމަށް ދައުލަތުން ވިދާޅުވެފައެވެ. އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއަށް އިޢުރިރާފްވުމުން ޚިޔާނާތުގެ ކުށުގެ ދައުވާގެ ތެރެއިން ފުރަތަމަ ދައުވާގައި އަދީބުގެ މައްޗަށް އަންނާނީ 4 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ހިޔާނާތުގެ ދެވަނަ ދައުވާގައި އަދީބުގެ މައްޗަށް އަންނާނީ 2 އަހަރާއި 4 މަހާއި 26 ދުވަހުގެ ޖަލު ހުކުމެކެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ނާޖައިޒު ފައިދާ ހޯދާދިނުމުގެ ކުށުގެ ދައުވާގެ އަދަބަކީ 5 އަހަރަށް ޖަލަށް ލުމާއި އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި މަޤާމު ނުފޫޒުން ބޭނުކުރުމުގެ ކުށުގެ ދައުވާގެ އަދަބަކީ 6 މަހަށް ޖަލަށްލުމެވެ. މަނީ ލޯންޑަރކުރުމުގެ ކުށުގެ ކޮންމެ ދައުވާއަކަށް އަދަބެއްގެ ގޮތުގައި ކަނޑައާފައިވަނީ 5 އަހަރުގެ ޖަލަށްލުޟާއެކު އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކުރުމެވެ. މީގެ އިތުރުން ރަސްމީ ހައްސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި އަދަބަކީ 6 މަހަށް ޖަލަށްލުމެވެ.

އަދީބާއެކު ހަދާފައިވާ އެއްބަސްވުމުގެ ތަފްސީލް ޝަރީޢަތަށް ހުށައެޅުއްވުމުން މައްސަލަ ބައްލަވާ ޤާޒީ ވަނީ ޙުކުމް އިއްވާ ޝަރީއަތް މިމަހުގެ 12 ވަނަ ދުވަހު ބާއްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިއީ އަވަސް ނިޔާގެ މައްސަލައެއްކަމަށްވާތީ، ދައުވާއަށް އިޢުތިރާފްވި ޝަރީޢަތަށްފަހު ދެން ބާއްވާ ޝަރީޢަތުގައި ހުކުމް އިއްވަން ވާނެކަމަށް ދައުލަތުން ތަކުރާރުކޮށް ފާހަގަކުރުމުން ޤާޒީ ވަނި ޝަރީޢަތް މެދުކަނޑާލާފައެވެ. އަދި އޭގެ ވިއްސަކަށް މިނެޓްފަހުން އަލުން ޝަރީޢަތް ފައްޓަވާ ގާޒީ ވިދާޅުވީ، މިމައްސަލައިގެ ޙުކުމް އިއްްވުން މިއަދު އިރުއޮއްސި ހައެއް ޖަހާއިރު ބާއްވާނެކަމަށެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި އަދީބު ވަނީ ހަތް ދައުވާއަށް އިއުރިތާފްވެ އެ ފައިސާތައް ދައުލަތަށް އެއްބާރުލުން ދޭނެކަމަށް ވިދާޅުވެފައެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންފެ އިރުޝާދުގެ ދަށުން އޭރުގެ ސަރުކާރުން ރާވައިގެން ހިންގި ޖަރީމާއެއްކަމށް ތުހުމަތުކުރައްވާފައެވެ. ދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހުރިހާ މުއާމަލާތެއް ހިންގައިގެންދިޔައީ އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިގެން އެމަނިކުފާނުގެ އިރުޝާދުގެ ދަށުންކަމަށާއި، މުޅި ސަރުކާރު ގުޅިގެން ހިންގި ބޮޑު ސްކޭމެއްކަމަށެވެ އަދިމިކަމުގައި ވަރަށް ގިނަ ބަޔަކު ޝާމިލްވާކަމަށްވެސް އަދީބު ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.