ކާޖޮލްއަށް ކޯވިޑް ޖެހިއްޖެ

ކާޖޮލްއަށް ކޯވިޑް ޖެހިއްޖެ

Author
ފާތިމަތު ނާވީ
30 ޖެނުއަރީ 2022 05:45
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އޭނާ ވަނީ މިކަން އިންސްޓަގްރާމްގައި އިއުލާން ކޮށްފައެވެ. އަންހެން ދަރިފުޅު ނިސާ ދޭވްގަންގެ ފޮޓޯއެއް ޕޯސްޓް ކުރަމުން ކާޖޮލް ވަނީ ވަރަށް ހަދާންވާ ކަމަށް ބުނެފައެވެ.

 

View this post on Instagram

 

A post shared by Kajol Devgan (@kajol)

ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަން ޕޯސްޓް ކުރުމާއެކު ގިނަ ބަޔަކު އަންނަނީ އޭނާގެ މި ޕޯސްޓަށް އަވަސް ޝިފާ އަކަށް އެދި ކޮމެންޓް ކުރަމުންނެވެ.

އިންޑިއާގައި ކޯވިޑްގެ ހާލަތު އަންނަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. އެހެންވެ ބައެއް ފިލްމުތަކުގެ ޝޫޓިންގ ވެސް މިހާރު ވަނީ މެދުކަނޑާލާފައެވެ.

އާ އަހަރާ ދިމާކޮށް ބޮލީވުޑްގެ ގިނަ ބަޔަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.