ބޮލީވުޑްގެ ކުޅަދާނަ އެކްޓްރެސް މާދުރީ ޑިކްސިޓްގެ އަލަތު ވެބް ސީރީޒް އަންނަ މަހުގެ 25 ގައި ޕްރިމިއާ ކުރާގޮަށް ހަމަޖެހިއްޖެއެވެ.
ކުރިން "ފައިންޑިންގ އަނާމިކާ"ގެ ނަމުގައި ނެޓްފްލިކްސް އިން ގެނެސްދިނުމަށް ނިންމާފައިވާ މި ވެބްސީރީޒްގެ ނަންވެސް މިހާރު ވަނީ "ދަ ފޭމް ގޭމް"އަށް ބަދަލުކޮށްފައެވެ. ސީރީޒްގެ ނަން ބަދަލުވީކަން ވަނީ ސީރީޒްގެ ޕްރޮޑިއުސަރ ކަރަން ޖޯހަރުވެސް ސޯޝަލް މީޑިއާގައި ހާމަ ކޮށްފައެވެ. އެގޮތުން އައު ނަމާއި ރިލީޒްކުރާނެ ތާރީހާއެކު މި ސީރީޒްގެ ޕޯސްޓަރު ތަކާއި ޕްރޮމޯތައް ވެސް މިހާރު ވަނީ ދައްކަން ފަށާފައެވެ.
މި ސީރީޒް ގައި ގެނެސްދެނީ ބޮލީވުޑްގެ ކުރީގެ ތަރި އަނާމިކާ އާނަންދުގެ ހަޔާތުގެ އެކިއެކި ކަންތައްތަކެވެ. މާދުރީ ފެނިގެންދާނީ އަނާމިކާގެ ރޯލުންނެވެ.
މާދުރީގެ އިތުރުން ސަންޖޭ ކަޕޫރު، މާނަވް ކޯލް، ލަކްޝްވީރް ސަރަން އަދި މުސަކާން ޖެފްރީވެސް މި ސީރީޒްގެ މުހިންމު ރޯލުތަކުން ފެނިގެން ދާނެއެވެ.
ކޮމެންޓު ފޮނުވާ