"ކަބީ އީދު ކަބީ ދިވާލީ"ގެ ޝޫޓިންގ މާރިޗު މަހު

"ކަބީ އީދު ކަބީ ދިވާލީ"ގެ ޝޫޓިންގ މާރިޗު މަހު

Author
ފާތިމަތު ނާވީ
30 ޖެނުއަރީ 2022 07:45
0

ސަލްމާން ޚާނުގެ ކުރިއަށް އޮތް ފިލްމު "ކަބީ އީދު ކަބީ ދިވާލީ"ގެ ފުރަތަމަ ޝޫޓިންގ ޝެޑިއުލް މާރިޗު މަހު ފެށުމަށް ހަމަޖެހިއްޖެއެވެ.

މި ފިލްމު އިއުލާން ކޮށްފައިވަނީ 2020ގެ ކުރީކޮޅުގައެވެ. މި ފިލްމުގެ ލީޑުން ފެނިގެން ދާނީ ސަލްމާން ޚާނާއި ޕޫޖާ ހޭގްޅޭއެވެ. ޕޫޖާ އަކީ ސައުތުގެ ފިލްމު އިންޑަސްޓްރީގައި ވަރަށް މަގުބޫލު ނަމެކެވެ.

މި ފިލްމަކީ މިއަހަރުގެ ޢީދުގައި ރިލީޒް ކުރުމަށް ފުރަތަމަ ނިންމި ފިލްމެއް ނަމަވެސް ކޯވިޑްގެ ސަބަބުން ފިލްމުގެ ޝޫޓިންގ ފެށުން ލަސްވެގެން ގޮސް މިހާރު އަނެއްކާވެސް ފިލްމު އަޅުވާނެ ތާރީހެއް ނޭނގެއެވެ.

މި ފިލްމަށް ނަގާ އިތުރު ތަރިން އަންނަ މަހު އިއުލާން ކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ. ދާދި ފަހުން ސަލްމާން ވަނީ އޭނާ މަސައްކަތް ކުރަމުން ގެންދިއަ "ޓައިގާ3″ ގެ ޝޫޓިންގ ނިންމާލައިފައެވެ. މި ފިލްމުން ސަލްމާނާ އެކުގައި ފެނިގެން ދާނީ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.