ލަވް އަންނަ މަހު ކައިވެނި ކުރަނީ

ލަވް އަންނަ މަހު ކައިވެނި ކުރަނީ

Author
ފާތިމަތު ނާވީ
30 ޖެނުއަރީ 2022 04:35
0

ކުޅަދާނަ ޑައިރެކްޓަރ ލަވް ރަންޖަން އަންނަމަހު ކައިވެނި ކުރާނެ ކަމަށް މީޑިޔާތަކުން ރިޕޯޓްކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ"ގެ ޑައިރެކްޓަރުގެ ކައިވެނި ފެބްރުއަރީ މަހު 15-17 އާއި ދޭތެރޭގައި ކުރެވިގެން ދާނެއެވެ.

އެހެން ކަމުން މިވަގުތު ލަވް ހަދަމުން އަންނަ ފިލްމުގެ ޝޫޓިންގ ވެސް މިހާރު ވަނީ މެދުކަނޑާލާފައެވެ. އެއީ ރަންބީރު ކަޕޫރާއި ޝްރައްދާ ކަޕޫރު އެކުގައި ފެނިގެންދާ ފިލްމެކެވެ. މި ފިލްމްގެ ޝޫޓިންގ މާޗް މަހުގައި އަލުން ފަށާނީ ކައިވެނީގެ ކަންކަން ނިންމާލުމަށްފަހު ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ލަވް ކައިވެނި ކުރަނީ އޭނާގެ ދުވަސްވީ ލޯބިވެރިޔާއާ ކަމަށް ޚަބަރުތައް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.