މި އަހަރުގެ ފުރަތަމަ ބޮލީވުޑް ކައިވެނި: މޯނީ ރޯއީ ކައިވެނިކޮށްފި

މި އަހަރުގެ ފުރަތަމަ ބޮލީވުޑް ކައިވެނި: މޯނީ ރޯއީ ކައިވެނިކޮށްފި

Author
ފާތިމަތު ނާވީ
30 ޖެނުއަރީ 2022 10:34
0

ބޮލީވުޑްގެ ތަރި މޯނީ ރޯއީ ކައިވެނި ކޮށްފިއެވެ.

އޭނާ ކައިވެނި ކޮށްފައިވަނީ ދުބާއީގައި ދިރިއުޅެމުން އަންނަ ވިޔަފާރީ ވެރިއެއް ކަމުގައިވާ ސޫރަޖު ނަމްބިއާ އާއެވެ.

ބުރާސްފަތި ދުވަހު މި ކައިވެނި ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ ގޯއާގައެވެ. ދެދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ކައިވެނީގެ ހަފްލާތައް ވަރަށް ކުލަ ގަދަކޮށް ބާއްވާފައި ވާއިރު ގިނަ ތަރިންތަކެއް ވަނީ ބައިވެރިވެފައެވެ.

 

View this post on Instagram

 

A post shared by mon (@imouniroy)

މި ދެމީހުން ބައްދަލުވެފައި ވަނީ 2019 ވަނަ އަހަރު ދުބާއީ އިންނެވެ. ފަހުން މޯނީ މާގިނައިން ދުބާއީއަށް ދާކަން ފާހަގަ ކުރެވި އޭނާ އާއެކު ސޫރަޖް ފެނުންމުން ދެތަރިންގެ މެދުގައި ރަހުމަތްތެރި ކަމަށްވުރެ ގާތް ގުޅުމެއް އޮތްކަމަށް ވަނީ އޭރުގައި ރިޕޯޓް ކޮށްފައެވެ. އަދި ކޮވިޑް-19ގައި ގައުމުތަކުގެ ބޯޑަރު ބަންދު ކުރިއިރު ވެސް މޯނީ ހުރީ ދުބާއީގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.