ތަރައްޤީއަންނަނީ ވެރިކަންކުރާ ޕާޓިގެ މެންބަރުން ހޮވައިގެންނަމަ، އިންތިޚާބު ބާއްވަންވީ ސަރުކާރުގެެ މެންބަރުންގެ މެދުގައި އެކަނިކަމަށް ވިދާޅުވެ ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ފާޑުވިދާޅުވެއްޖއެެވެ.
ޑރ.އިޔާޒް މިފަދައިން ފާޑުވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މިސަރުކާރުގެ ކޯލިޝަންގެ އެއް ލީޑަރު ޤާސިމް އިބްރާހީމް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް އެމްޑީޕީގެ ކެނޑިޑޭޓްގެ ކެމްޕެއިނަށް އެދާއިރާއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. ޤާސިމް ވަނީ މަންމައާއި ބައްޕަ ވާދަކުރެއްވިނަމަވެސް އެމްޑީޕީއަށް ވޯޓްދެއްވުމަށް އެދިވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.
އެކަމާއި ގުޅިގެން ފާޑުވިދާޅުވެ ޑރ.އިޔާޒް ވިދާޅުވީ، ކޮންމެ ބަޔަކު ވެރިކަމުގައި ތިބިނަމަވެސް ހުރިހާ ބާރެއް އެއްބަޔެއްގެ އަތަށް ލިބުމަކީ ރަޢްޔިތުންނަށް ބޮޑު ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއްލަމަށެވެ. ތިންބާރު ވަކިވެފައި އޮންނަންޖެހޭ ކަމަށްބުނެ ހުރިހާ ބާރެއް އެކެއްގެ ބާރަށް ގެންދަން މަސައްކަތް ކުރީމާ އެކަން ބަލައި ނުގަނެވޭނެކަމަށް ޑރ.އިޔާޒް ވިދާޅުވިއެވެ.
ކޮންމެ ބަޔަކު ވެރިކަމުގައި ތިބިނަމަވެސް ހުރިހާ ބާރެއް އެއްބަޔެއްގެ އަތަށް ލިބުމަކީ ރަޢްޔިތުންނަށް ބޮޑު ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް. ތިންބާރު ވަކިވެފައި އޮންނަންޖެހޭ ކަމަށްބުނެ ހުރިހާ ބާރެއް އެކެއްގެ ބާރަށް ގެންދަން މަސައްކަތް ކުރީމާ އެކަން ބަލައެއް ނުގަނެވޭނެ.
— Dr.Mohamed Iyaz (@dr_iyaz) January 27, 2022
އިޔާޒް ވިދާޅުވީ، ދާއިރާ އަށް ތަރައްޤީ އަންނާނީ މަޖިލީހަށް ވެރިކަންކުރާ ޕާޓީގެ މެމްބަރުން ހޮވައިގެން ކަމަށްވަނީނަމަ, އިންތިޚާބު ބާއްވަންވީ ވެރިކަންކުރާ ޕާޓީއެއްގެ މެމްބަރުންގެ މެދުގައި އެކަނިކަމަށެވެ އެހެން ޕާޓީތަކުން ވާދަކުރުމުގެ ބޭނުމެއް ނެތްކަމަށްވެސް އިޔާޒް ވިދާޅުވިއެވެ. އޭނާ ވަނީ ޖުމްހޫރީ ޕާޓީގެ ހުރިހާ ގޮނޑިއެއްވެސް އެމްޑީޕީއަށް ހިބަކޮށްދެއްވުމަށް ގޮވާލައްވާފައެވެ.
ދާއިރާ އަށް ތަރައްޤީ އަންނާނީ @mvpeoplesmajlis އަށް ވެރިކަންކުރާ ޕާޓީގެ މެމްބަރުން ހޮވައިގެން ކަމަށްވަނީނަމަ, އިންތިޚާބު ބާއްވަންވީ ވެރިކަންކުރާ ޕާޓީއެއްގެ މެމްބަރުންގެ މެދުގައި އެކަނި. އެހެން ޕާޓީތަކުން ވާދަކުރުމުގެ ބޭނުމެއް ނެތް.
— Dr.Mohamed Iyaz (@dr_iyaz) January 27, 2022
ކޯވިޑްގެ ހާލަތު އެންމެ ގޯސް ދުވަސްވަރުގައިވެސް ކޮމަންޑޫދާއިރާއަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ޤާސިމް ކުރައްވަމުންދާ ދަތުރުފުޅިގެ ތެރެއިން މަރޮށި ރައްޔިތުންނާއި ބައްދަލު ކުރައްވައި ޤާސިމް ވިދާޅުވީ، އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓު ދޭންޖެހޭ އެންމެ ބޮޑު ސަބަބީ މިސަރުކާރަކީ އެމްޑީޕީ ހިމެނޭހެން ކޯލިޝަން ސަރުކާރަކަށް ވުމުންނެވެ.
ކޮމަންޑޫދާއިރާގެ ތަރައްޤީއާއި، ކުރިއެރުން ލިބޭނީ ސަރުކާރާއި، ޚުދު ރައީސުލްޖުމްހޫރިއްޔާގެވެސް ލޯބި ލިބިގެން ކަމަށްވާއިރު، މިފަހަރުގެ އިންތިޚާބުގައި ކޮމަންޑޫ ރައްޔިތުންނަށް އެމްޑީޕީ ކެނޑިޑޭޓް ނޫން ގޮތެއް ނެތްކަމަށެވެ. އެއީ ކޮމަންޑޫ ދާއިރާއަށް ކުރިމަތިލާފައިވަނީ ތިމާގެ މަންމަ ނުވަތަ ބައްޕައަށް ވީނަމަވެސް ދާއިރާގެ ތަރައްޤީއަށްޓަކައި ވޯޓު ދޭންވީ އެމްޑީޕީގެ ކެނޑިޑޭޓަށް ކަމުގައި ޤާސިމް ވިދާޅުވިއެވެ.
މަންމަ ކުރިމަތިލިޔަސް ބައްޕަ ކުރިމަތިލިޔަސް ދާއިރާގެ ތަރައްގީއަށް އޮތް ގޮތަކީ އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓުދޭށޭ.
– ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ މިއިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުވެއްޖެނަމަ، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ލީޑަރުންވެސް ލަދު ގަންނަންޖެހޭނެ ކަމަށެވެ. ކޯވިޑްގެ މިހާ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައިވެސް ކޮމަންޑު ދާއިރާގެ ކެމްޕެއިނަށް ވަޑައިަތީ މިސަބަބުތަކަށް ޓަކައި ކަމަށާއި، މިއިންތިޚާބަކީ ސަރުކާރަށްވެސް މުހިންމު އިންތިޚާބެއްކަމަށެވެ.
ނަމަވެސް ޤާސިމް ވިދާޅުވީ އެމްޑީޕީން މިގޮޑި ނެގުމަށް ބޭނުންވަނީ އެއްވެސް ގޮތަކަށް ގޮޑި މަދުވެގެން ނޫންކަމަށެވެ. މިހާރުވެސް މަޖިލީހުގައި 64 ގޮޑި އޮތްއިރު އިތުރު ގޮޑިއެއް ހޯދުމަކީ މާމުހިންމު ކަމެއް ނޫންކަމަށެވެ. ނަމަވެސް މުހިންމުވަނީ ކޮމަންޑު ދާއިރާއަށް ކަމަށާއި، ކޮމަންޑޫ ދާއިރާގެ ތަރައްޤީ އޮތީ އެމްޑީޕީ ކެނޑިޑޭޓަށް ވޯޓު ލިބިގެންކަމަށް ޤާސިމް ވިދާޅުވިއެވެ.
ކޯވިޑްގެ ހާލަތު ގޯސްވެގެން ޤާސިމަކީ ހައިރިސްކު ބޭފުޅަކަށްވުމުން މަޖިލީހަށް ދޮޅު އަހަރު ވަންދެން ވަޑައިގެންފައި ނުވި ނަމަވެސް ކޯވިޑްގެ ހާލަތު އަނެއްކާވެސް ރާއްޖޭގައި އެންމެ ގޯސްވެފައިވާ ވަގުތު ޤާސިމް މިވަނީ ކޮމަންޑޫ ކެމްޕެއިނަށް ވަޑައިގެންފައެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތުންވެސް މިއިންތިޚާބުގައި ތާއީދު ކުރަނީ އެމްޑީޕީ ކެނޑިޑޭޓަށެވެ. ނަމަވެސް އެމްއާރުއެމުން މިއިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ކޮށްފައި ނުވެއެވެ.
އިންތިޚާބާއި ދިމާކޮށް، ކޮމަންޑޫ ދާއިރާއަށް ބޮޑު އީދެއް އައިސްފައިވާއިރު، މިއީ ސީދާ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގަމުންދާ އަމަލުތަކެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިކަން ކަަން ބެލުމަށް އޮތް އޭސީސީވެސް އޮތީ ޤާނޫނީ ހުސްކަމެއްގައެވެ.
2 Responses
ގާސިމް މިހާރު މޮޔަފުޅު ވެގެންނޭ އެއުޅުއްވަނީ އިތުރުފަޅުޜައްތަކާ އެއަރޕޯޓް ތަކާ ފަޅުތައް ކިބާރު ކުރަނީ
ބަލަމޮޔަމީހެއްނު އަޅުގަނޑުގޮވައިގެން ގޮހޭ މި ޖަލަށް ގަޅާލީ