އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް މަޚްލޫފް ކުރިމަތިލައްވަނީ

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް މަޚްލޫފް ކުރިމަތިލައްވަނީ

Author
މުޙައްމަދު ޖިމީ
27 ޖެނުއަރީ 2022 09:25
0

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހްލޫފް ނިންމަވައިފިއެވެ. މަޚްލޫފް އެ މަޤާމަށް ކުރިމަތިލައްވަން ނިންމާފައިވާކަން ވަނީ ޔަޤީންވެފައެވެ.

އަންނަ މަހު އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުގެ އިންތިޚާބު ބޭއްވުމަށް ނިންމުމުން މިއީ އެ މަޤާމަށް ކުރިމަތިލައްވަން ނިންމެވި ފުރަތަމަ ބޭފުޅާއެވެ. މިކަމާއި ގުޅިގެން މަހްލޫފް ވިދާޅުވީ މިވަގަުތު ހުރިހާ ކަމެއް ހުސްކުރައްވައިގެން މަސައްކަތްކުރައްވަނީ ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވުމަށްކަމަށެވެ. އަދި އެ އިންތިޚާބަށްފަހު އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ކުރިމަތިލައްވާނެކަމާމެދު ވާހަކަފުޅު ދައްކަވާނެކަމަށެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބު އޮންނާނީ އަންނަމަހުގެ 5 ވަނަ ދުވަހުއެވެ. މި އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވުމަށް މިނިސްޓަރ މަހްލޫފް ގެންދަވަނީ ވަރަށް ބުރަކޮށް މަސައްކަތްކުރައްވަމުންނެވެ. އެގޮތުން މިނިސްޓަރ ވަނީ އެ ދާއިރާގެ ރަށްތަަކށް ދަތުރުފުޅު ކުރައްވާ އެދާއިރާގެ ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކޮށް ތަރައްްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެމްޑީޕީގެ މިހާރުގެ ޗެއަރޕާސަން އަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފްއެވެ. އެމްޑީޕީން ވަނީ ކޮމަންޑޫ ދާއިރާގެ އިންތިޚާބަށްފަހު އެޕާޓިގެ ޗެއަރޕާސަންގެ މަޤާމަށް ކުރިމަތިލައްވަން ހުޅުވާލާނެކަމަށް ބުނެފައެވެ. ހަސަން ލަތީފް އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމު ވަޑައިގަތީ 11 ފެބްރުއަރީ 2017ގައެވެ. އެހެންކަމުން އަންނަ މަހު ޙަސަން ލަޠީފްގެ ދައުރު ހަމަވާނެއެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ހުޅުވާލާނެ ވަކި ތާރީޚެއް އެމްޑީޕީން އަދި ހާމައެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކޭޑީ
މިހާރު މަހުލޫފު މިހާރު ތިއުޅެނީ އެމްޑީޕީންބޭރުވާންވެގެން
A Ahmed
Meena ah dheynvee vote vihkumuge chairman kan