އިންޑިއާގެ ޑިމޮކްރަސީއަކީ އެހެން ޤައުމުތަކަށް އުއްމީދު ގެނުވި ޑިމޮކްރަސީއެއް: ރައީސް

އިންޑިއާގެ ޑިމޮކްރަސީއަކީ އެހެން ޤައުމުތަކަށް އުއްމީދު ގެނުވި ޑިމޮކްރަސީއެއް: ރައީސް

Author
މުޙައްމަދު ޖިމީ
26 ޖެނުއަރީ 2022 03:12
0

އިންޑިއާގެ ޑިމޮކްރަސީއަކީ އެހެން ޤައުމުތަކަށް އުއްމީދު ގެނުވި ޑިމޮކްރަސީއެއްކަަމަށް ވިދާޅުވެ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވައިފިއެވެ.

އިންޑިއާގެ 73 ވަނަ ޖުމްހޫރީ ދުވަހުގެ މުނާޞަބަތުގައި ދުވަހުގެ ތަހުނިޔާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެޤައުމުގެ ރައީސްއާއި އެޤައުމުގެ ރައްޔިތުންނަށް އަރިސްކުރައްވާ ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އިންޑިއާގެ ޖުމްހޫރިއްޔަތާއި، ޑިމޮކްރަސީއާއި، ދުސްތޫރީ ހަމަތަކަކަކީ އެހެން ގައުމުތަކުގެ ޑިމޮކްރަސީއަށް ނަމޫނާއެއްކަމަށެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ސާލިހު އިންޑިއާގެ ވެރިިންނަށް މަރުހަބާ ދަންނަވާފައިވާއިރު، ރައީސް ސާލިހުގެ ޒައާމަތުގައި އިންޑިއާއާއި ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ 26 ޖަނަވަރީ 1950 ވަނަ އަހަރު އިންޑިޔާއިން އަލަށް އެކުލަވާލި އެޤައުމުގެ ޤާނޫނުއަސާސީ ވުޖޫދުވެ އިނގިރޭސީންގެ އިސްތިޢުމާރުގެ ދަށުން މިނިވަންވެ މުސްތަޤިއްލު ދަޢުލަތެއްގެ ގޮތުގައި ޖުމްހޫރީ ވެރިކަމެއް ޤާއިމުވެގެން ދިޔަ ތާރީޚީ މުނާސަބަތާ ގުޅުވައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.