ރާއްޖޭގެ މެޑިކަލް މާފިޔާ އޮތީ ކުރުދޮށީގައިކަމަށް ވިދާޅުވެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ ފާޑުވިދާޅުވެއްޖެއެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ރެކޯޑް ޢަދަދަށް ކޮންމެ ދުވަހަކު ޕޮޒިޓިވް ވަމުންދިއުމާއި ގުޅިގެން މުސްޠަފާ ވިދާޅުވީ ރާއްޖޭގައި ދުވާލަކު 2700 މީހުން ޕޮޒިޓިވްވާއިރު 1.4 ބިލިއަން މީހުންގެ އާބާދީ އޮންނަ ޗައިނާގައި ދުވާލަކު ޕޮޒިޓިވްވަނީ 1100އެއްހާ މީހުންކަމަށެވެ. ރާއްޖެ ފަދަ 5 ލައްކަ މީހުންގެ އާބާދީއެއް ޤައުމުގައި ދުވާލަކު 2200 އިން މީހުން ޕޮޒިޓިވްވަމުންދާއިރު، މެޑިކަލް މާފިޔާ އޮތީ ކުރު ދޮށީގައިކަމަށްވެސް މުސްޠަފާ ވިދާޅުވިއެވެ.
Ajaabeh Fahe nuvaane tha mi gaumun Dhuvaalaku 2700 meehun positive e ba vey china eii 1.4 billon meehun thibi gaumeh positive vanee 1100 meehun,5 lahka meehun thibi mi gaumun Dhuvaalaku 2200 meehun positive vey.
Medical mafia othy kuru Dhoshyga— Mohamed Musthafa (@Thimarafushi) January 24, 2022
މުސްޠަފާ މިހެން ވިދާޅުވެފައިވާއިރު، ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ ޗައިނާއަށް ވުރެ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރާއްޖޭގައި މިހާރު ކޮންމެ ދުވަހަކު 2000އަށް ވުރެ ގިނަ މީހުން އަންނަނީ ޕޮޒިޓިވްވަމުންނެވެ. އަދި މިވަގުތު ބައްޔަށް ފަރުވާދޭ މީހުންގެ ޢަދަދުވެސް 15000އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އަދި ހޮސްޕޮޓަލުގައި އެޑްމިްޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދުވެސް ވަނީ 50އަށް އަރާފައެވެ.
ރާއްޖޭގައި މިހާ ގިނަ ބަޔަކު ޕޮޒިޓިވްވަމުން ދިޔަނަމަވެސް ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ވިސްނުން ނެތްކްމަށާއި، ވިސްނުމަކީ ބައްޔާއެކު އުޅުންކަމަށް އެޗްޕީއޭއިން ވަނީ ދާދި ފަހުން ބުނެފައެވެ.
ކޮމެންޓު ފޮނުވާ