ހިތަދޫ ޕޯޓް މުވައްޒަފުންނަށް މިނިމަމް ވޭޖުދޭން ނިންމީ އެލަވެންސްތައް އުނުކޮށްފައި

ހިތަދޫ ޕޯޓް މުވައްޒަފުންނަށް މިނިމަމް ވޭޖުދޭން ނިންމީ އެލަވެންސްތައް އުނުކޮށްފައި

Author
މުޙައްމަދު ޖިމީ
25 ޖެނުއަރީ 2022 09:43
0

އައްޑޫސިޓީ ހިތަދޫ ޕޯޓްސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރަ ދޭން ނިންމީ ކުރިން އެ މުވައްޒަފުންނަށް ދެމުންއައި އެލަވެންސްތައް ކަނޑާލުމަށްފަހުކަން ހާމަވެއްޖެއެވެ. މިކަމާއި ގުޅިގެން އެ ކުންފުނީގެ ގިނަ ޢަދަދެއްގެ މުވައްޒަފުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ހިތަދޫ ޕޯޓުސް ލިމިޓެޑްގެ ޗީފް މެނޭޖަރު އިބްރާހިމް ރަޝީދު ސޮއިކުރައްވައި އެކުންފުނީގެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ވަނީ، އެ ކުންފުނީގެ މުވައްޒަފުންނަށް ކުރިން ދެމުން އައި ރިސްކު އެލަވެންސްއާއި، ރިސްކު އެނޑް ހާޑްޝިޕް އެލަވެންސް ކަނޑާލާފައިވާކަމަށެވެ. އަދި އެ އެލަވެންސްތައް ކަނޑާލުމަށްފަހު މިނިމަމް ވޭޖުގެ ގޮތުގައި 3900 ރުފިޔާ ދިނުމަށް ނިންމާފައިވާކަމަށްވެސް އެ މެމޯގައިވެއެވެ.\

އެކުންފުނީގެ ބައެއް މުވައްޒަފުން ބުނާގޮތުގައި ކުރިން ދެމުން އައި އެލަވެނސްތަކަކީވެސް 3900 ކަމަށާއި، އެ ކަނޑާލުމަށްފަހު މިނިމަމްވޭޖަށް އެ ޢަދަދަށް ދޭން ނިންމުމުން މުވައްޒަފުންނަށް ލިބުނު ފައިދާއެއް ނެތްކަމަށެވެ.

ހިތަދޫ ޕޯޓްސްއަކީ މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ގިންތިކޮށްފައިވާކަމުގެ ކަންބޮޑުވުންވެސް މުވައްޒަފުން ފާޅުކުރިއެވެ. އެއީ މެދުފަންތީގެ ވިޔަފާރިއެއްކަމަށް އެ މުވައްޒަފުން ޤަބޫލުނުކުރެއެވެ.

ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ 4،500 ރުފިޔާއެވެ. އަދި ވަޒީފާ އަދާކުރާ ފަރާތްތަކަށް ހައްގުވާ އެންމެ ކުޑަ އުޖޫރަތައް ގިންތި ތަކަކަށް ބަހާލެވިފައިވާއިރު، ސަރުކާރުން އާންމު ކުރި އުސޫލުގެ މަތިން އެންމެ ކުޑަ އުޖޫރަތައް ބަހާލެވިގެން ގޮސްފައިވަނީ ތިރީގައި މިވާ އުސޫލުންނެވެ.

– ކުދި ވިޔަފާރިތަށް، 4،500 ރުފިޔާ
– މެދުފަންތީގެ ވިޔަފާރިތަކަށް 7،000 ރުފިޔާ
– ބޮޑެތި ވިޔަފާރިތަޔަށް 8،000 ރުފިޔާ
– ބަޕްލިކް ސެކްޓަރ އަށް 7،000 ރުފިޔާ

މިމަހުން ފެށިގެން މިނިމަމް ވޭޖް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.